Roadha Mihaaru
ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް އިސްދޫގައި ފަށައިފި

ހުއިފިލަނޑާ އާލާކުރަން ލ. އަތޮޅުން 122 މީހަކަށް ލޯނު ދޫކޮށްފި

07 ނޮވެމްބަރ 2017

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި ކުރިއަށް ގެންދާ ހުއިފިލަނޑާ އާލާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 122 މީހަކަށް ލޯނު ދޫކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ކަނޑުގެ ދިރުން އާލާކޮށްގެން އާންމުންނަށް އާމްދަނީ ލިބޭނޭ މަގުތައް ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން އިސްދޫގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް މިއަދު ވަަނީ ފަށައިފަ އެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ އިސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ލ. އަތޮޅުގެ ދަނބިދޫ އަދި ކަލައިދޫގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެ އެވެ.

ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެކަމަށް ބޭނުންވާ މީހުންނަށް މެރިކަލްޗާ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ލުއި ލޯނު ދޫކޮށްގެންނެވެ. ލޯނުގެ ދަށުން ފޯރުކޮށްދެނީ ހުއިފިލަނޑާ އާލާކުރުމަށް ބޭނުންވާ ކޮށްޓާއި ޅަ ހުއިފިލަނޑަ އެވެ.

މި ތިން ރަށުން، 150 މީހަކަށް ލޯނު ދޫރަން އިއުލާނު ކުރި އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް ލޯނު ނެގީ 122 މީހެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އަދި ހުއިފިލަނޑާ އާލާކުރުމުގެ އަމަލީ މަސައްކަތް އެ މީހުން ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.