22 ޖެނުއަރީ 2023
ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން 237 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން 237 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅަން ހަވާލުކުރީ 155،941،090ރ. އަށް، 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
ދެން ގުޅުވާލަން ހަމަޖައްސާފައިވަނީ ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫ އެވެ. އެ ރަށްތައް ކޯޒްވޭ އަކުން ގުޅުވާލަން 81،222،471ރ. ހަރަދުކުރާނެ އެވެ. ނިންމަން ހަމަޖައްސާފައިވަނީ 500 ދުވަހުންނެވެ.
ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) January 22, 2023
81،222،471،36 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/Leate7RVLV
އެ ރަށްތައް ގުޅުވާލުމަށް 237،163،561ރ. ހަރަދުކުރާނެ އެވެ.
ކަލައިދު އާއި ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ އެ ދެ ރަށުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ދެ ކައުންސިލް ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ނެރުނު ގަރާރުގައި ބުނީ ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ދާއިރާގެ ތަރައްގީއާ ގުޅިފައިވާ ކޯޒްވޭ ހެދުމަށް 2020، 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހިމަނާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް މަސައްކަތް ފަށާފައިނުވާ ކަމަށް ބުންޏެވެ.
ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް އޭރު ވިދާޅުވީ އެއް ކިލޯ މީޓަރުގެ ދުރުމިނުގައި އޮންނަ ދެ ރަށް ގުޅުވާލުމަށް 2019 ވަނަ އަހަރު އީއައިއޭ ވެސް ހެދި ކަމަށެވެ.
އެ މަސައްކަތް ނިމިއްޖެ ނަމަ، ދަނބިދުއާ އެއްފަސްގަނޑެއްގައި އޮންނަ ކަލައިދު އާއި އިސްދުއަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. އަތޮޅުގެ 3 ކޯޒްވޭގެ އީއައިއޭ ހަދަން ހަވާލުކޮށްފި
ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި
ކޯޒްވޭގެ ސާވޭ އަށް ފޮނުވި މީހުން ރަށުން ބާލައިފި
ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަވަސްކޮށްދޭނަން: މުއިއްޒު
އެމްޓީސީސީއަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ކަލައިދޫ-ދަނބިދޫ ކޯޒްވޭ ނުހެދި ލަސްވާތީ ކަންބޮޑުވެއްޖެ
މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީ އަށް
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއު ފަށަނީ