Roadha Mihaaru
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއު ފަށަނީ

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

08 އޯގަސްޓް 2022

ގދ. ރަތަފަންދު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގދ. ރަތަފަންދު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން އަދި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރަތަފަންދު އަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އޮންނަ ރަށެކެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އަރާތީ އެ ރަށު ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުތެރޭގެ ބޮޑުބަޔަކަށް އުދައެރުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި އުދަ އެރުމުގެ ސަބަބުން އެ ރަށުގެ ބައެއް ދަނޑުބިންތަކާއި މީހުން ދިރިއުޅޭ ގެތަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދު ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާ އެވެ.