11 އެޕްރީލް 2022
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 27.84 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 240 މީޓަރުގެ ބޭރުތޮއްޓެއް ލާނެ އެވެ. އަދި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފަ އެވެ.
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއު ފަށަނީ
އެމްޓީސީސީއަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ލ. އަތޮޅުގެ 5 ރަށެއްގައި ކޯޒްވޭ ހަދަން ހަވާލުކޮށްފި
މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީ އަށް
ޓްރާންސްޕޯޓު ލިންކުގެ ދަތުރުތައް ފަށައިފި
ނަރުދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް
ކަމަދު އާއި ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް
އުނގޫފާރާއި މާކުރަތު ބަނދަރު މަސައްކަތް އެމްޓީސީސީއަށް