Roadha Mihaaru
ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން 100 މީހަކަށް ދެނީ

ހުއިފިލަނޑާ ބޮޑު ކުރުމުގެ ތަމްރީން ތިން ރަށެއްގެ 100 މީހުންނަށް ދެނީ

18 އޯގަސްޓް 2016

ހުއިފިލަނޑާ ބޮޑުކުރުމުގެ ޕްރޮގްރާމްގައި ލ.އަތޮޅުގެ ތިން ރަށަކުން 100 މީހަކު ތަމްރީންކުރަން ފިޝަރީޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުއިފިލަނޑާ ބޮޑުކުރުމުގެ ޕްރޮގްރާމްގައި ލ.އަތޮޅުގެ ތިން ރަށަކުން 100 މީހަކު ތަމްރީންކުރަން ފިޝަރީޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މިއީ މެރިކަލްޗާ ސިނާއަތެއް ގާއިމުކޮށް ތަރައްގީކުރުމުގެ މަގްސަދުގައި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަސް އަހަރުގެ މުއްދަތަށް ހިންގާ ޕްރޮޖެކްޓެކެވެ. މި ތަމްރީން ޕްރޮގްރާމް ހިންގާނީ ބަރަކާތުލް ބަހުރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް އުނގަންނައިދޭނީ ހުއިފިލަނޑާ ބޮޑުކުރުމަށް މޫދުގައި ކޮށި ހެދުމާއި މި ކޮށިތަކުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ހުނަރުތަކެވެ.

ޕްރޮގްރާމް ކުރިއަށް ދާނީ ލ.ކަލައިދޫ، ދަނބިދޫ އަދި އިސްދޫގަ އެވެ. އެގޮތުން ލޯނު ލިބުނު 30 މީހަކަށް އަމާޒުކޮށްގެން ކަލައިދޫ އާއި ދަނބިދޫގައި ވަނީ މި ޕްރޮގްރާމް ފަށައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ކަނޑުގެ ދިރުން އާލާކުރުމަށާއި ހެޗަރީ ގާއިމުކޮށް، ހެޗަރީގައި އުފައްދާ ކުދި އެއްޗެހި ބޮޑެތި ކުރުމަށް އާންމުން އަހުލުވެރިކުރުވައި ފަރުދީ ފެންވަރެއްގައި އިގްތިސާދީ ގޮތުން ފައިދާހުރި ކަމެއްގެ ގޮތުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.