11 އޮކްޓޯބަރ 2019
ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދިރިނޫޅެވޭވަރަށް ގެތައް އަނދައި ހުލިވި އާއިލާތަކަށް އާ ތަންތަން ކުއްޔަށް ހިފައިދީ، ތިން މަސް ދުވަހުގެ ކުލި ދައްކައިދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދިރިނޫޅެވޭވަރަށް ގެތައް އަނދައި ހުލިވި އާއިލާތަކަށް އާ ތަންތަން ކުއްޔަށް ހިފައިދީ، ތިން މަސް ދުވަހުގެ ކުލި ދައްކައިދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް އެނދި ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.
މީގެތެރެއިން މަރާމާތަށް ފަހު ވެސް ގެއަށް އަނބުރާ ނުވަދެވޭނެ އާއިލާތަކުން އާ ތަންތަން ކުއްޔަށް ހިފަން ޑިޒާސްޓާ އިން ވަނީ އިރުޝާދު ދީފަ އެވެ.
ޕްރެސް ރިލީޒް - 20 ސެޕްޓެމްބަރ މާލެ ފަޔަރ އާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު https://t.co/fEr6P7rFoJ pic.twitter.com/5GXflmuXHZ
— NDMA Maldives (@NDMAmv) October 10, 2019
އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ޑިޒާސްޓަ އިން އެންމެ ފަހުން ނެރުނު ނޫސް ބަޔާން.
ވަގުތީ ހިޔާތަކުގައި މިހާރު 38 އާއިލާ އެބަތިއްބެވެ. މި އާއިލާތަކުގެ 164 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވަނީ ގާކޮށީގެ 14 އެޕާޓްމެންޓެއްގެ އިތުރުން ގެސްޓުހައުސްތަކުންނެވެ.
މީގެތެރެއިން ތިން މަހުގެ ކުލި ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައި ވަނީ އަލިފާން ރޯވި އިރު ކުއްޔަށް ދިރިއުޅުނު 24 އާއިލާ އަކަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތަންތަން ކުއްޔަށް ހިފައިގެން އެ މީހުންނަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖައްސައިދެމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
"މީގެ އިތުރުން އަމިއްލަ ގެދޮރުގައި ދިރިއުޅެމުން ދިޔަ 8 ގޭބީސީގެ ފަރާތްތައް ގާކޮށި ފްލެޓްތަކުގައި އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރަށް އިންތިޒާމް މި އޮތޯރިޓީން ދަނީ ހަމަޖައްސައިދެމުންނެވެ،" ޑިޒާސްޓާގެ ބަޔާނުގައިވެ އެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ހެދި އެސެސްމެންޓުން އެނގުނު ގޮތުގައި، ގެތަކުގައި ޒަރޫރީ ބޭނުންތަކަށް ހިފާ ގެންގުޅޭ ތަކެއްޗަށް އެކަނި ލިބުނު ގެއްލުން ވެސް އެއް މިލިއަން ރުފިޔާ އަށް ވުރެން ބޮޑެވެ. އަލިފާނުގައި 41 ގޭގެ ތަކެއްޗަށް ގެއްލުން ވި އެވެ.
އެތަނުން ބުނީ ގެތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް އަންނަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ އެވެ.
"ގޭބީސީތަކަށް ލިބުނު ގެއްލުމަށް ފޯރުކޮށްދޭން އެހީތެރިކަން، އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ނިންމާލެވުނުހާ އަވަހަކަށް މި އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާނެ އެވެ. މީގެތެރޭގައި ސަރުކާރުގެ ފަރާތުން އެ ފަރާތްތަކަށް ދޭނެ އެހީތެރިކަމާ އެކު 20 ސެޕްޓެމްބަރު މާލެ ފަޔަ ރިލީފް އެކައުންޓަށް ޖަމާވި ފައިސާ ވެސް އެ ފަރާތްތަކަށް ބެހޭނެ އެވެ،" ބަޔާނުގައިވެ އެވެ.
އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން ހުޅުވި ފަންޑުން 2.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓްރީވި އެވެ.
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
އެހީގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ
ހާލުގައިޖެހުނު މީހުންނަށް ދެނީ ގެއްލުމުގެ 20 ޕަސެންޓު
ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ހޯދަނީ
"95ޕަސެންޓް މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިފިން"
ހާލުގައި ޖެހުނު މީހުންނަށް މާލީ އެހީ ދެނީ
ވަގުތީ ހިޔާގައި ތިބީ ފަސް މީހުން: އެންޑީއެމްސީ
ރޯވި ގޭގެ 17 މީހުން އެހެން ތަނަކަށް ބަދަލުކޮށްފި
އެޕާޓްމަންޓް އަނދައި ހުލި، މީހުން ވަގުތީ ހިޔާއަށް
އެހީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވޭ