10 ޑިސެމްބަރ 2016
މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، މިވަގުުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.
މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، މިވަގުުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި ދެ ގެއަކުން މީހުން ހުސްކުރި އެވެ. އަދި އެވަގުތުން ފެށިގެން 24 މީހަކަށް އެ ސެންޓަރުން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. ނަމަވެސް އޭގެ ތެރެއިން މިވަގުތު ވަގުތީ ހިޔާގައި ތިބީ ފަސް މީހުންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، އެ ސެންޓަރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މއ. ލަކީވިއުގޭގެ ފަސް މީހުންނަށް ކަމަށެވެ.
"ލަކީވިއުގެ ތިން ބައިގެ ފަސް މީހުންނަށް މިހާރު މި އެހީތެރިކަން ފޯރުކޮށްދެނީ. އެ ގެއަކީ އަލިފާނުގެ ހާދިސާގައި އެންމެ ގެއްލުން ލިބުނު އެއް ތަން،" އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި ބްރަދަހުޑް ގުރޫޕްގެ ގުދަން ވަނީ އަނދައި ހުލިިވެފަ އެވެ. ދަގަނޑާއި ދަގަނޑު ޓިނުން ފަސް ބުރިއަށް ހަދާފައި ހުރި ގުދަނުގައި ސާޅީހަކަށް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް، ކުންފުނީގެ އޮފިޝަލަކު ކުރިން ބުންޏެވެ. ބްރަދަހުޑްގެ ގުދަނުގެ އިތުރުން އެތަނާ ކައިރީގައި ހުރި އެމްއެސް ކާޕެންޓްރީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ކޮންސްޓްރަކްޝަން މަސައްކަތާއި ވަޑާމުގެ މަސައްކަތްތައް ކުރަން ބޭނުންކުރާ ބޮޑެތި މެޝިންތައް ވެސް ވަނީ މި ހާދިސާގެ ސަބަބުން އެއްކޮށް އަނދައި ހުލިވެފަ އެވެ. އެ ކުންފުނިން އަންދާޒާކުރާގޮތުގައި 18 މިލިއަނެއްހާ ރުފިޔާ ގެއްލުން ލިބޭނެ އެވެ.
ގެ އެނދި އާއިލާތަކަށް 3 މަހުގެ ކުލި ދައްކައިދެނީ
އެހީގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ހޯދަނީ
ރޯވި ގޭގެ 17 މީހުން އެހެން ތަނަކަށް ބަދަލުކޮށްފި
އެޕާޓްމަންޓް އަނދައި ހުލި، މީހުން ވަގުތީ ހިޔާއަށް
އެހީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ކާރިސާތަކުގައި ލިބޭ ގެއްލުމަށް ދޭ އެހީ ބޮޑުކޮށްފި
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ހަވާއީ ޖަންގަލި އަލިފާނުގައި 93 މީހުން މަރުވެއްޖެ