14 އޯގަސްޓް 2023
އެމެރިކާގެ ހަވާއީ ސްޓޭޓްގެ ރަށްތަކުގެ ތެރެއިން މައުއީ ޖަޒީރާގެ ރިސޯޓް އަވަށެއް ކަމަށްވާ ލަހައިނާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު، އަވަށު ތެރެއަށް ފެތުރި ގެތަކުގައި ރޯވެ އެނދި ހާދިސާގައި މަރުވި މީހުންގެ އަދަދު 93 އަށް އަރައިފި އެވެ.
އެމެރިކާގެ ހަވާއީ ސްޓޭޓްގެ ރަށްތަކުގެ ތެރެއިން މައުއީ ޖަޒީރާގެ ރިސޯޓް އަވަށެއް ކަމަށްވާ ލަހައިނާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު، އަވަށު ތެރެއަށް ފެތުރި ގެތަކުގައި ރޯވެ އެނދި ހާދިސާގައި މަރުވި މީހުންގެ އަދަދު 93 އަށް އަރައިފި އެވެ.
އެމެރިކާ ސަރުކާރުން ބުނި ގޮތުގައި މައުއީ ޖަޒީރާގައި މި ހިނގި އަލިފާނުގެ ހާދިސާއަކީ، މިދިޔަ 100 އަހަރުގެ ތެރޭގައި އެ ގައުމުގެ ޖަންގަލިތަކުގައި ރޯވެގެން ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ މީހުން މަރުވި ހާދިސާ ކަމަށެވެ. ޓޫރިސްޓުންގެ ބޮޑު މަގުބޫލުކަމެއް އޮންނަ ލަހާނިއާ އަވަށުގެ ގަސްތަކުގައި ރޯވި އަލިފާންގަނޑު، އަވަށު ތެރެއަށް ފެތުރި ގެތަކާއި ރެސްޓޮރަންޓްތަކާއި ފިހާތައް ވަނީ އަނދައިފަ އެވެ.
އާބާދީގައި 12000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ލަހާނިއާގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެ އަވަށުގެ މަދު ގެއެއް ފިޔަވައި ހުރިހާ ގެތަކެއްހެއް އަނދައި އަޅިއަށް ވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ. އެ އަވަށުގެ ފުލުހުން ބުނި ގޮތުގައި އަނދާފައިވާ ގެތަކާއި ވިޔަފާރިތައް ހިންގި އިމާރާތްތައް ބަލައި ފާސްކުރަމުން ދިޔަ އިރު، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އިއްޔެ ވެސް ފެނުނެވެ.
މިހާތަނަށް ފެނުނު ހަށިގަނޑުތަކުގެ ތެރެއިން ޖުމްލަ އަދަދު ކަނޑައެޅިފައިވަނީ 93 މީހުން މަރުވި ކަމަށެވެ. ނަމަވެސް ކާކުކަން ނޭނގޭ ވަރަށް އަނދާފައިވާ ހަށިގަނޑުގެ އެކި ބައިތައް އެކި ސަރަހައްދުތަކުން ފެންނަމުން ދާތީ، މަރުވި މީހުންގެ އަދަދު މުޅިން ކަށަވަރު ކުރެވޭނީ، ފެނިފައިވާ އެ ބައިތަކުގެ ޑީއެންއޭ ޓެސްޓު ހަދައިގެން ކަމަށް ފުލުހުން ބުންޏެވެ.
ހަވާއީގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނި ގޮތުގައި މިފަހަރުގެ އަލިފާނުގެ ހާދިސާގައި ލަހާނިއާ އަވަށުގެ 2200 އަށް ވުރެ ގިނަ އިމާރާތް ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އަދި 850 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިގެން ދިޔަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ގެތައް އަނދަން ފެށުމާ އެކު، އެ ގެތަކުގެ މީހުން ވަނީ ރައްކާތެރި އެހެން ސަރަހައްދުތަކަށް ވަގުތީ ގޮތުން ގެންގޮސްފަ އެވެ. އެހެންކަމުން އެމީހުން އެނބުރި އެ އަވަށަށް ގެނެވޭނީ އަނދައިގެން ދިޔަ ތަންތަނުގެ ބަދަލުގައި އާ ގެތައް އަޅައިގެން ކަމަށާއި އެކަމަށް 5.5 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ހޫނު ރޯޅީގެ މަރުތަކަށް ފަހު އަލިފާން ރޯވުމުގެ ބިރު
މިކުރަނީ އަލިފާނާ ދެކޮޅު ހަނގުރާމައެއް: ގްރީސް
އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވަނީ
ޔޫރަޕް އާދަޔާ ޚިލާފު ހަނަފަސްކަމެއްގެ ތެރޭގައި
އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ
މިހާރު ފިޔަވަޅު އަޅައިފިއްޔާ ތިމާވެށި ސަލާމަތްކުރެވިދާނެ
"ދުނިޔެ މިއޮތީ ބޮޑު ކާރިސާއެއްގެ ތުންފަތް މަތީގައި"
ޖަންގަލިތައް އަނދާތީ ގްރީކު ބިރުވެރިކަމެއްގައި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
ކުވައިތުގެ އިމާރާތެއްގައި ރޯވެ 49 މަރު