Roadha Mihaaru
ޖަންގަލިތައް އަނދާތީ ގްރީކު ބިރުވެރިކަމެއްގައި

ޖަންގަލިތައް އަނދާތީ ގްރީކު ބިރުވެރިކަމެއްގައި

08 އޯގަސްޓް 2021

ގްރީކްގެ ވެރިރަށް އެތެންސްގެ އުތުރު އަވަށްތަކުގެ ޖަންގަލިތަކާއި ބިޔަ ގަސްތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ފެތުރެމުންދާތީ، ގިނަ އަދަދެއްގެ ބަޔަކު ސަލާމަތްތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ ބުރަ މަސައްކަތްތަކެއް ކުރަންޖެހިއްޖެ އެވެ.

ހޫނު މޫސުމުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ އިރު، ބާރު ވަޔާއެކު އަލިފާންގަނޑު ދަނީ އިތުރަށް ފެތުރެމުން ވަރުގަދަ ވަމުންނެވެ. އަދި ގަދަ ވަޔާއި ޖައްވުގެ ހޫނުކަމުގެ ސަބަބުން، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.

އެތެންސްގެ ޖައްވު ތެރޭގައި ވަރަށް ބޯކޮށް ދުމާއި އަޅި ފެތުރިފައިވާއިރު، ދުމުގެ އަސަރު ފޯރާ ސަރަހައްދުތަކުން މީހުން ދުރަށް ދިޔުމަށް، ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ސުވާލު ކުރަމުންނެވެ. އެ އިދާރާތަކުން ބުނާ ގޮތުގައި މިހާރުވެސް 150 އަށް ވުރެ ގިނަ އަލިފާންގަނޑު ރޯވެ އަނދަމުން ދެ އެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެތެންސްގެ ފަރުބަދައެއްގެ ހުރިހާ ގަސްތައް އަނދައި އަޅިއަށް ވެފައި. --އޭއެފްޕީ

އަލިފާން ރޯވުމުގެ ސަބަބުން އެތެންސްގެ ފަރުބަދައެއްގެ ހުރިހާ ގަސްތައް އަނދައި އަޅިއަށް ވެފައި. --އޭއެފްޕީ

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ޔޫރަޕްގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް، ގްރީކުގައިވެސް ޖަންގަލިތަކުގައި ރޯވެ އަނދަމުން ދަނީ، ދުނިޔޭގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާތީ އެވެ.

އެތެންސްގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް، މަތިން ފެން އޮއްސާ 20 މަތިންދާބޯޓު މިހާރު ވެސް އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި އެމެރިކާ އިން ވެސް، އަލިފާން ނިއްވާ މީހުންނާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ އިތުރު މަތިންދާބޯޓު ފޮނުވައިފަ އެވެ.

އެތެންސްގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އަލިފާން ނިއްވުމުގައި ދަރުމަ އަށް މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަކު ވަނީ، ކަރަންޓު ހޮޅިދަނޑިއެއް ވެއްޓިގެން މަރުވެފަ އެވެ. އޭގެ އިތުރުން، އަލިފާންގަނޑު އެންމެ ބޮޑަށް ރޯވެފައިވާ ސަރަހައްދުގައި ހުރި ކާރުހާނާއެއްގެ ތެރޭގައި ދުންގަނޑުގެ ތެރޭގައި ތާށިވުމުގެ ސަބަބުން ވެސް މީހަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން މިހާރު ފެތުރިފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން، އިތުރު 20 މީހަކު ވަނީ ޒަހަމްވެފަ އެވެ.