25 ޖުލައި 2023
އަލް ޖަޒާއިރު (ޖުލައި 25) - ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށާއި އެފްރިކާ ބައްރުގެ އުތުރު ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނު އަވަހަށް ނިމޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބޭ ކަމަށް އެ ސަރަހައްދުގެ ގައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
އަލް ޖަޒާއިރު (ޖުލައި 25) - ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށާއި އެފްރިކާ ބައްރުގެ އުތުރު ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނު އަވަހަށް ނިމޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބޭ ކަމަށް އެ ސަރަހައްދުގެ ގައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގައި މި ދެތިން ދުވަހު ހޫނުމިން ހުރީ 50 ދަރަޖައިގަ ނުވަތަ އެއަށް ވުރެ ވެސް މަތީގަ އެވެ. އަލްޖީރިއާގެ ހޫނުމިން 50 ދަރަޖަ އަށް މައްޗަށް ދިއުމުގެ ސަބަބުން، ހީޓް ސްޓްރޯކް ޖެހިގެން ބައެއް މީހުން މަރުވެ، އެތައް ބަޔަކަށް ސިއްހީ މައްސަލަތައް މެދުވެރިވެގެން ފަރުވާ ދޭން ޖެހިއްޖެ އެވެ.
އޭގެ އިތުރުން މިސްރަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެ ގައުމުގެ ކަރަންޓު އުފައްދާ އިންޖީނުތަކަށް މައްސަލަ ޖެހި، ބޮޑު ބަޔަކުން މިހާރު ވަނީ ކަރަންޓު ކެނޑިފަ އެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ރުޅި ގަދަވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން އަންނަ އިރު، ސަރުކާރުން ބުނެފައިވަނީ ކަރަންޓުގެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ.
ޓިއުނީޝިޔާގައި ވެސް މި ހަފުތާގައި ހޫނުމިން ހުރީ އެވްރެޖް ގޮތެއްގައި 50 ދަރަޖައާ ކައިރީގަ އެވެ. މި ޖުލައި މަސް ފެށުނީއްސުރެ، ޓިއުނީޝިޔާގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން ހުރީ، އާންމުކޮށް މި ދުވަސްވަރު އެ ގައުމުގެ ހޫނުމިން ހުންނަ އެވްރެޖް މިންވަރަށް ވުރެ 6-10 ދަރަޖަ މަތީގަ އެވެ.
ޓިއުނީޝިޔާގެ ވެސް އިންޖީނުތަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑުމާ ގުޅިގެން، އައްސޭރި ފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ވަރަށް ގިނަ މީހުން، ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރަނީ އަތިރިމަތީގަ އާއި ގޮނޑުދޮށާ ކައިރި ސަރަހައްދުތަކުގަ އެވެ. އޭގެ އިތުރުން ޓިއުނީޝިޔާގެ ޖަންގަލިތަކުގެ ބައެއް ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް، އާންމުން ދިރިއުޅޭ ގެތަކާ ހަމައަށް ފެތުރެން ފަށާފައިވާތީ، ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އަލްޖީރިއާގައި ވެސް އެ ގައުމުގެ 16 ޕްރޮވިންސެއްގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް 34 މީހަކު މަރުވެ އިތުރު 60 މީހަކު ޒަޚަމްވެއްޖެ އެވެ. މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި އުޅުނު ސިފައިންގެ ތެރެއިން 10 މީހަކު ވެސް ހިމެނެ އެވެ.
ޔޫރަޕް ސަރަހައްދުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވަނީ ގްރީސް އަށެވެ. އެ ގައުމުގެ ބޮޑުވަޒީރު ކިރިއާކޯސް މިތުސޮތާކީސް ވިދާޅުވި ގޮތުގައި އެ ގައުމުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށްޓަކައި، ގައުމީ ފެންވަރުގައި މިހާރު ފަށައިގެން ކުރިއަށް ދަނީ ހަނގުރާމައެކެވެ.
ގްރީސްގައި ރޯވެ އަނދަމުން ދަނީ ވަކިން އޮންނަ ދެ ރަށް ކަމަށްވާ ރޮޑް ޖަޒީރާ އާއި ކޮރްފޫ ޖަޒީރާގައި އޮންނަ ޖަންގަލިތަކުގަ އެވެ. ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ރޮޑް ޖަޒީރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ އަނދަމުން ދާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.
އައްސޭރިފަށާ ކައިރީގައި ފަރުބަދަތަކުގައި ހެދިފައި އޮންނަ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ފެތުރެމުން، ބައެއް ސަރަހައްދުތަކުން އައްސޭރިފަށާ ހަމައަށް މިހާރު ވަނީ ފައިބައިފަ އެވެ. އެ ސަރަހައްދުތަކުގެ ހޮޓާތަކުގައި ތިބި 19000 އަށް ވުރެ ގިނަ ފަރުތުވެރިން އެހެން ސަރަހައްދުތަކަށް ގެންދިއުމަށް ފަހު، މިހާރު ކުރަމުން އަންނަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ދުރަށް ގެންދިއުމުގެ މަސައްކަތެވެ.
މިކުރަނީ އަލިފާނާ ދެކޮޅު ހަނގުރާމައެއް: ގްރީސް
ޖަންގަލިތައް އަނދާތީ ގްރީކު ބިރުވެރިކަމެއްގައި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
ކެމިކަލް ގުދަންތައް ފާސްކުރުމަށް އޮޕަރޭޝަނެއް ފަށަނީ
އެހީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ކާރިސާތަކުގައި ލިބޭ ގެއްލުމަށް ދޭ އެހީ ބޮޑުކޮށްފި
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
މޮރޮކޯގެ ބިންހެލުމުގައި މަރުވި އަދަދު 2800 އަށް
ދެކުނު އެފްރިކާގެ އިމާރާތެއްގަ ރޯވެ 64 މީހަކު މަރު
ރަޝިޔާގެ ޕެޓްރޯލް ސްޓޭޝަނެއް ގޮވައި 25 މީހުން މަރު