06 އޮކްޓޯބަރ 2019
މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި އެހީގެ ފަންޑަށް 2.5 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި އެހީގެ ފަންޑަށް 2.5 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
އެންޑީއެމްއޭ އިން ބުނީ މިއަދު ހަވީރު 4 ޖެހި އިރު އެހީގެ ފަންޑު ބަންދުކޮށްފައިވާ ކަމަށާއި ޖުމްލަ 2،528،833.37.ރ ލިބިފައިވާ ކަމަށެވެ.
އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ރޯވި އަލިފާން ފެތުރިގެން ގޮސް ހިނގި ހާދިސާގައި އެކަކު މަރުވެ އަދި އެތައް ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.
މީގެތެރެއިން ބައެއް މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގަ އެވެ.
އެ ހާދިސާގައި ހަ ގުދަނަކާއި 14 ގެއެއް އެނދި އެވެ. މީގެތެރެއިން އާއްމުންގެ ރައްކާތެރިކަމަށް، ތިން ގެއެއް ވަނީ ތަޅާލައިފައިވާ އިރު މީހުން ދިރިނޫޅެވޭ ވަރުގެ ގެއްލުން ހަ ގެއަކަށް ލިބިފައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކަށް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން އަދި ފަރުދުން ވެސް އެހީތެރި ވި އެވެ. މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް މި ހާދިސާއާ ގުޅިގެން ތިލަފުއްޓަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ވަގުތީ ހިޔަލުގައި ތިބި މީހުން ނުކުންނަން އަންގައިފި
ގެ އެނދި އާއިލާތަކަށް 3 މަހުގެ ކުލި ދައްކައިދެނީ
އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
ގެއްލުންތައް ބަލަން ސިފައިން ޑްރޯން ބޭނުންކޮށްފި
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހުޅުވާލައިފި
ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ހޯދަނީ
ކެމިކަލް ގުދަންތައް ބަލައި ފާސްކުރަން ފަށައިފި
ރޯވި ގޭގައި އުޅޭ މީހުން ވަގުތީ ހިޔާއަކަށް ބަދަލުކޮށްފި