22 ސެޕްޓެމްބަރ 2019
މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު އިން ފަށާފައިވާ ކަމަށެވެ. އެކަމަކު އެ މަސައްކަތުގެ އިތުރު ތަފްސީލެއް އޭނާ އަދި ނުދެއްވަ އެވެ.
މާލޭގެ ކެމިކަލް ގުދަންތައް ބަލައި ފާސްކުރަން ފަށާފައި މިވަނީ ހުކުރު ދުވަހުގެ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އަށް ފަހު، މާލޭގައި ކެމިކަލް ގުދަންކޮށްގެން ގެންގުޅުން ހުއްޓުވައިދޭން އާއްމުން ގޮވައިލަމުން ދަނިކޮށެވެ. އެގޮތުން ގ. ފެހިމާގޭގައި ހުރި ގުދަނަކަށް ކެމިކަލް ފީފާތަކެއް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވި އެވެ. އެ މައްސަލައިގައި ސިފައިން ފިޔަވަޅެއް އަޅާނެތޯ ނޫސްވެރިން މިއަދު ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް އާޒިމް ޖަވާބެއް ނުދެއްވަ އެވެ.
އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްކޮންފަރެންސްގައި އެ ސުވާލު ކުރުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން އެކަމާ އަޅައި ނުލައި ދޫކޮށް ނުލާނެ ކަމަށެވެ.
"ހަމަ ސީރިއަސް ކަމާ އެކީގައި ސަރުކާރުން އެކަމާ ގުޅޭ ހުރިހާ އިދާރާތަކުން ބައްލަވާފައި އެކަމަށް ހަމަ ފިޔަވަޅު އަޅުއްވައިދެއްވާނެ،" އޭނާ ވިދާޅުވި އެވެ.
ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު 400 ވަރަކަށް މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން އަންނަނީ ގެދޮރު ގެއްލުނު މީހުންނަށް އެހީތެރިވަމުންނެވެ. އެ އިދާރާއިން މިއަދު ބުނީ އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށް ނުދޭ އެކަކުވެސް މިހާރު ނެތް ކަަމަށެވެ.
ގެއްލުންތައް ބަލަން ސިފައިން ޑްރޯން ބޭނުންކޮށްފި
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހުޅުވާލައިފި
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
މުޅި އިމާރާތް އެނދިއިރު ތިން މިލިއަނުގެ ގެއްލުމެއް
މާލޭގެ ގެއެެއްގައި ގޭސްފުޅިއެއް ގޮވައި ދެމީހަކު ފިހިއްޖެ
ކެމިކަލް އަލިފާނުގެ އިހުމާލު، ޒިންމާ އަދި ފިލާވަޅު
މީހުން ދިރިއުޅޭ ހިސާބުގައި ތެޔޮ ރައްކާކުރުން މަނާކޮށްފި
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ލަފާކުރަނީ ގަސްދުގައި ކެފޭގައި ބަޔަކު ރޯކުރީ ކަމަށް