08 ސެޕްޓެމްބަރ 2016
ރޭ ގަލޮޅު އެސްބަރިގޭގައި އަލިފާން ރޯވެ، ބޮޑު ބައެއް އަނދާ ހުލިވުމުން އެ ގޭގެ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބަދަލުކޮށްފި އެވެ.
ރޭ ގަލޮޅު އެސްބަރިގޭގައި އަލިފާން ރޯވެ، ބޮޑު ބައެއް އަނދާ ހުލިވުމުން އެ ގޭގެ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބަދަލުކޮށްފި އެވެ.
އެ ސެންޓަރުން ބުނީ އެސްބަރިގޭގައި ދިރިއުޅޭ ތިން އާއިލާއެއްގެ 17 މީހަކު މިހާރު ތިބީ ސަރުކާރުން ކުއްޔަށް ހިފި ކޮރަލް ގެސްޓްހައުސްގައި ކަމަށެވެ. އަދި އެ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި ކާނާ ޑިޒަސްޓާއިން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރޭ ނުވައެއް ޖަހާކަންހާއިރު އެސްބަރި ގޭގެ ދެ ވަނަ ބުރީގައި ރޯވި އަލިފާންގަނޑު، އެ ގޭގެ ދެ ފަރާތުގައި ހުންނަ ދެ ގެއަށް ވެސް ފޯރި އެވެ. އެކަމަކު މި ވަގުތު ޑިޒާސްޓާ މެނޭޖްމެންޓުގެ ބެލުމުގެ ދަށުގައި ތިބީ އެސްބަރި ގޭގެ މީހުން އެކަންޏެވެ.
އެސްބަރިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސިފައިން މަސައްކަތް ކުރާއިރު އެތަނަށް މީހުން އެއްވެފައި-- ފޮޓޯ/ އެމްއެންޑީއެފް
އެތަނުގެ ޕްރޮޖެކްޓް މެނޭޖަރު ހިސާން ހަސަން ވިދާޅުވީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެނީ އެސްބަރި ގޭގެ ދެ އާއިލާ އާއި އެ ގޭގައި ކުއްޔަށް އުޅޭ އާއިލާއަކަށެވެ. މި ތިން އާއިލާގައި ހިމެނޭ ފަސް ކުދިންގެ ސްކޫލު ފޮތްތަކާއި ޔުނީފޯމުތައް ވެސް ވަނީ އަނދައިފަ އެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހިސާން ވިދާޅުވި އެވެ.
"މިތަނަށް ގެނައި އެހެން މީހުންގެ ވެސް އަންނައުނު ފަދަ ހުރިހާ އެއްޗެއް ވަނީ އަނދާ ހުލިވެފައި. އެހެންވެ، ރެޑްކްރެސެންޓާ ގުޅިގެން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޑިޒަސްޓާ މެނޭޖްމެންޓުން ބުނީ ހާލުގައި ޖެހުނު މީހުން އެތަނުގައި ތިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
ފުލުހުން ވަނީ ތަހުގީގަށް އެގެ ބަންދުކޮށްފަ އެވެ.
އަލިފާން ރޯވީ ކީއްވެގެން ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު ވާހަކަ ދެއްކި ބައެއް މީހުން ލަފާކުރާ ގޮތުގައި ފުރަތަމަ ހުޅުހިފީ ކަރަންޓު އުނދުނަކުން ޝޯޓެއް ވެގެންނެވެ.
އެސްބަރީގައި ހިނގި އަލިފާން ނިންވަން ސިފައިން ހަރަކާތްތެރިވަނީ --ފޮޓޯ/ ނިޝާން އަލީ/ މިހާރު
އެސްބަރިގޭގައި ރޯވި އަލިފާންގަނޑު، އެ ގޭގެ ދެ ފަރާތަށް ހުރި ދެ ގެއަށް ވެސް ފޯރައި ގެއްލުންތައް ލިބުނެވެ. އެގޮތުން އެއް ގެއެއްގެ އެއާކޯންތައް ހަލާކުވެފައިވާއިރު އަނެއް ގެއަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެ އެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި ދެ ވަނަ ބުރީގައި އަލިފާން ރޯވުމުން އެތަނުގައި ތިބި މީހުން ނުކުތީ ފުރަތަމަ ބުރީގަ އާއި އެ ގޭގައި ދެން އުޅޭ މީހުންނަށް އެކަން ނާންގަ އެވެ. އަދި އޭރު މަތިން އަލިފާންތައް ފައިބަމުން ދިޔަ ކަމަށާއި އެ މީހުން ނެރުނީ މަގުމަތީގައި ތިބި މީހުން ކަމަށް އޭނާ ބުންޏެވެ.
"އެ ވެދާނެ ހާސްވެފައި ހުރިވަރުން ނުބުނެ ނިކުމެވުނީ ކަމަށް،" އޭނާ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ސިފައިންނަށް އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ދެ ގަޑިއިރެއްހާއިރު މަސައްކަތް ކޮށްގެންނެވެ.
ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ހޯދަނީ
ހާލުގައި ޖެހުނު މީހުންނަށް އެހީވާން 90،000 ރުފިޔާ
ވަގުތީ ހިޔަލުގައި ތިބި މީހުން ނުކުންނަން އަންގައިފި
ގެ އެނދި އާއިލާތަކަށް 3 މަހުގެ ކުލި ދައްކައިދެނީ
އެހީގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ
މީހުން ދިރިނޫޅެވޭވަރަށް އަށް ގެއެއް އެނދި:އެންޑީއެމްއޭ
އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
"އެއީ ޓެރަރިސްޓު ހަމަލާއެއްކަމަށް މިހާތަނަށް ނުބެލެވޭ"
ގެއްލުންތައް ބަލަން ސިފައިން ޑްރޯން ބޭނުންކޮށްފި