25 ސެޕްޓެމްބަރ 2019
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެތައް އަނދައި ހާލުގައި ޖެހުނު މީހުންނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭނީ ވި ގެއްލުމުގެ 20 ޕަސެންޓް ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެތައް އަނދައި ހާލުގައި ޖެހުނު މީހުންނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭނީ ވި ގެއްލުމުގެ 20 ޕަސެންޓް ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ހާދިސާގައި، ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިހާރު ވަގުތީ ހިޔާތަކުގައި ތިބީ 52 ގެއެއްގެ 300 މީހުންނެވެ.
ޑިޒާސްޓާ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އުމަރު ފިކުރީ ވިދާޅުވީ، ގުދުރަތީ ހާދިސާ އާއި މި ފަދަ އެހެން ހާދިސާތަކުގައި ވެސް ގެއްލުން ލިބޭ މީހުންނަށް މާލީ އެހީގެ ގޮތުގައި ސަރުކާރުން އަބަދު ވެސް ދެނީ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ. އެހެންވެ، މި ފަހަރު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. ގެއްލުމުގެ ބަދަލަށް، ބަދަލު ދައުލަތުން ނުދޭނެ ކަމަށާއި އެއީ އެ މީހުންގެ އެ ހާލަތުން އަރައިގަތުމަށް ދޭ އެހީއެއް ކަމަށް އެތަނުން ބުންޏެވެ.
Everyting we have built is all destroyed due to the smoke and salt water and witout them doing an assesment , calling us to go to them and fill a form that has no value. 5 days since no one from any authorities checked or visit us to see how we're living, eating or serving.
— Haby Husen (@habyhusen) September 25, 2019
"އަޅުގަނޑުމެން ގެތަކަށް ލިބިފައިވާ ގެއްލުން އެސެސްކުރުމަށް ފަހު، އެ ބަޔަކަށް ލިބިފައިވާ ގެއްލުމުގެ 20 ޕަސެންޓް ދައުލަތުން ދޭނީ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލެ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ވެސް ހަމަ އެގޮތަށް ދައުލަތުން އެހީ ދިނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުން ދޭ ފައިސާގެ އިތުރުން، އެކި ފަރާތްތަކުން ދީފައިވާ މާލީ އެހީ ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނެ އެވެ.
އަލިފާނުގެ ހާދިސާގައި ގެ އާއި ހުރިހާ މުދަލެއް އަޅިއަށް ވެ، ވަގުތީ ހިޔާތަކުގައި ގިނަ ބަޔަކު ދިރިއުޅުނު ނަމަވެސް އެ މީހުންނަށް އެތަނުގައި އުޅެވޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެކަމަކު އުމަރު ވިދާޅުވީ، މުއްދަތު ހަމަވި ނަމަވެސް ވަގުތީ ހިޔާތަކުން މީހުން ބޭރު ނުކުރާނެ ކަމަށާއި އެހާތަނުން، އެކަމަށް އެހެން ހައްލެއް ލިބޭތޯ ބަލާނެ ކަމަށެވެ.
ސަރުކާރުގެ މި ނިންމުމާ މެދު، ހާލުގައި ޖެހުނު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
our entire life is gone wit a blink of an eye. Not due to natural cause , Not due to our negligence... but due to the entire system runing this country. There is no love, ampathy or real emotions from anyone who is to take responsibility of this crisis.
— Haby Husen (@habyhusen) September 25, 2019
އެގޮތުން މީހަކު ކުރި ޓްވީޓެއްގައި ބުނީ އޭނާ ކުއްޔަށް ހިފާފައި ހުރި އެޕާޓްމެންޓާއި އޮފީހާއި އެހެން ހުރިހާ މުދަލެއް އަލިފާނުގައި އަނދާ އަޅިއަށް ވީއިރު، އެ ގެއްލުމާ ގުޅޭގޮތުން ސާވޭ ކުރަން ޑިޒާސްޓާއިން ގުޅީ މިއަދު ކަމަށެވެ. އަދި މިއަދު ނޫނީ، އެ އިމާރާތަށް ވަދެލުމުގެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ހަބީ ހުސެންގެ ނަމުގައި ޓްވީޓް ކުރި އެ މީހާ ބުނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން ދައުލަތުން ދޭނީ 20 ޕަސެންޓްކަން ވެސް އެންގީ މިއަދު ކަމަށާއި ވަގުތީ ހިޔަލުގައި ތިބެވޭނީ ގިނަވެގެން މަސް ދުވަހު ކަމަށް އަންގާފައިވާ ކަމަށެވެ.
"އަހަރުމެން ބިނާ ކުރި ހުރިހާ އެއްޗެއް ދުމާއި ލޮނު ފެނުގެ ސަބަބުން ހަލާކުވެއްޖެ...ހާދިސާއަށް ފަސް ދުވަސް ވީއިރު ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަހަރުމެން ގާތަށް ޒިޔާރަތްކޮށް އުޅުނު ހާލެއް، ކެއި ގޮތެއް ނުބަލާ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދިރިއުޅުން ސުންނާފަތިވި އިރު އެއީ މިގައުމު ހިންގާ ނިޒާމުގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމަށެވެ. އަދި ޒިންމާ ނަގަން ޖެހޭ މީހުންގެ ފަރާތުން އެއްވެސް ލޯތްބާއި ހަމްދަރުދީއެއް އެ މީހުންނަށް ނުލިބޭ ކަމަށް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ރޭ ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ އެހީގެ ތަކެތި ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ނެޕީ އާއި އަންނައުނާއި ނިދުމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ. ނަމަވެސް ޑިޒާސްޓާއިން ވަނީ އެތަކެތި ބަލައިގަތުން އެރޭ ހުއްޓާލައިފަ އެވެ.
ގެ އެނދި އާއިލާތަކަށް 3 މަހުގެ ކުލި ދައްކައިދެނީ
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!
ހާލުގައި ޖެހުނު މީހުންނަށް މާލީ އެހީ ދެނީ
އެޕާޓްމަންޓް އަނދައި ހުލި، މީހުން ވަގުތީ ހިޔާއަށް
ވަގުތީ ހިޔަލުގައި ތިބި މީހުން ނުކުންނަން އަންގައިފި
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
އެހީގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިއްޖެ
އަލިފާނުގެ ހާދިސާގައި އެނދި އިމާރާތް ރޫޅާލައިފި
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް