ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި އިއްޔެ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވެން ނެތިގެން މިއަދު ބުރިކޮށްލައިފި އެވެ.
10 އޮކްޓޯބަރ 2019
ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި އިއްޔެ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވެން ނެތިގެން މިއަދު ބުރިކޮށްލައިފި އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަށް އޮއްވައި އަބްދުﷲ ހަލީމް، 27، ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެކެވެ.
ބުރަފަތިން ޖެހި ހަލީމްގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ވަރަށް ބޮޑުބައެއް ބުރިވި އެވެ. ފައި ވަކި ނުވެ ހަރުލާފައި އޮތީ ކުޑަކުޑަ ތަންކޮޅަކުންނެވެ. ކުޑަހުޅު މަތިން ބުރިވުމުގެ އިތުރުން ވެސް ބުރަފަތިން ޖެހި ފައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުއްޓެވެ.
ހަލީމްގެ ބޭބެ، އަބްދުﷲ ލަތީފް އޭޑީކޭގައި ހުރެ ބުނީ ފައި ގުޅުވޭނެ އިތުރު ގޮތެއް ނެތިގެން، މިއަދު އޮޕަރޭޝަންކޮށްގެން ފައިގެ އެހެން ހިސާބަކުން ފައި ބުރިކޮށްލައިފައިވާ ކަމަށެވެ. ފައި ބުރިކޮށްލީ ކަކުލު ހުޅުން ކުޑަ ތަންކޮޅެއް ތިރިން ކަމަށާއި އޭރުން ފައެއް ޖަހައިގެން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޑޮކްޓަރުން ބުނީ ބުރިކޮށްލުން ނޫން ޗޮއިސްއެއް ނެތޭ. އެހެންވެ ބުރިކޮށްލީ. ދެން ފައެއް ޖަހައިގެން އުޅެވިދާނޭ ބުނީ،" އޭނާ ބުންޏެވެ.
ހަލީމް މި ވަގުތު ބާއްވާފައި އޮތީ އައިސީޔޫގަ އެވެ. އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް އާއިލާއިން ބުނެ އެވެ.
ބުރިވި ފައިގެ އިތުރުން ބުރަފަތިން ޖެހި ޒަހަމްވެފައި ހުރި ތަންތަން އެހާ ސީރިއަސް ނޫން ކަމަށް ވެސް ހަލީމްގެ ބޭބެ ބުންޏެެވެ. މަސްގަނޑު ކަފައިގެން ދިއުން ފިޔަވައި އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާތީ އެ ހިސާބުތައް ވަނީ ފަހައިފަ އެވެ.
ރ. އިނގުރައިދޫ ހަލީމަކީ އެ ރަށު ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ކައިވެންޏެއް ނުކުރެ އެވެ. ފީނަށް ދިއުމަކީ ފޫހިފިލުވުމަށް އޭނާ އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އެކުވެރިންތަކަކާ އެކު ދޯންޏެއްގައި އިއްޔެ ފީނަން ދިޔައީ ވެސް އެގޮތުގެ މަތިންނެވެ.
ނިޔާވި ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތްކޮށްދިން
ލޯންޗުން ޖެހި އަނިޔާވި މީހާއަށް ފަރުވާދެނީ އައިސީޔޫގައި
މާފުށިކައިރިން އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް
ހަލީމްގެ ފައެއް ޖެހުމަށް އެހީ ހޯދަނީ
ސަމާ އައިލެންޑް އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރު
ވަސީމް އިތުރު ފަރުވާއަށް ލަންކާ އަށް ގެންގޮސްފި
ވަސީމް ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑު: އޭޑީކޭ
ސީރިއަސް އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން
އަނިޔާވި މުވައްޒަފުންނަށް މި އަންނަނީ އެހީވަމުން: ރިސޯޓް
އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާ ބޭރަށް ފޮނުވަނީ