ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ އާޓިފިޝަލް ފައެއް ޖެހުމަށް އޭނާގެ އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.
14 އޮކްޓޯބަރ 2019
ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ އާޓިފިޝަލް ފައެއް ޖެހުމަށް އޭނާގެ އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.
ރ. އަތޮޅު ފަޅު ރަށެއްގެ ބޭރުގައި މިދިޔަ ބުދަދުވަހު ހިނގި ހާދިސާގައި އެ އަތޮޅު އިނގުރައިދޫ އަބްދުﷲ ހަލީމް، 27، ގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ވަރަށް ބޮޑުބައެއް ބުރިވި އެވެ. އެބައި ގުޅުވެން ނެތުމުން އޭޑީކޭ ހޮސްޕިޓަލުން ވަނީ ކަކުލުހުޅު ތިރިން ފައި ބުރިކޮށްލައިފަ އެވެ.
އާއިލާ އިން ބުނިގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
Gulhuveyne gotheh nethigen zuvaanaage fai burikollaifi
The most trusted news source in the Maldives
Mihaaru
ގުޅުވޭނެ ގޮތެއް ނެތިގެން ޒުވާނާގެ ފައި ބުރިކޮށްލުން
އޭނާގެ ބޭބެ، އިބްރާހިމް ޝިހާބް މިއަދު ބުނިގޮތުގައި އާޓިފިޝަލް ފައެއް ޖަހައިގެން ހަލީމަށް ހިނގިދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެ އުއްމީދާ އެކު އާއިލާ އިން މަސައްކަތް ކުރަނީ ފައެއް ޖެހުމަށް ރާއްޖެ އިން ބޭރަށް ދާށެވެ.
ޝިހާބް ބުނީ ފައެއް ޖަހައިދޭ އަގު އިންޑިއާގެ ގަންގާ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށާއި ސީދާ ޚަރަދުވާނެ ވަރެއް އަދި ނޭނގޭ ކަމަށެވެ.
"އެހާ ބޮޑު ޚަރަދެއް ކުރަން ޖެހޭތީ އަޅުގަނޑުމެން އެދެނީ އާންމުންގެ ދީލަތި އެހީއަކަށް،" އިބްރާހިމް ބުންޏެވެ.
އެހީތެރިވުމަށް ބޭނުންވާ މީހުން 101 179802 7701 ނަމްބަރު ބީއެމްއެލް އެކަންޓުން ރުފިޔާ ޓްރާންސްފާ ކުރުމަށް އާއިލާއިން އެދެ އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަން އޮއްވައި ހަލީމް ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެއްގެ ބުރަފަތިންނެވެ.
ބުރިވި ފައިގެ އިތުރުން ބުރަފަތިން ޖެހި ޒަހަމްވެފައި ހުރި ތަންތަން އެހާ ސީރިއަސް ނޫން ކަމަށް އާއިލާ އިން ބުންޏެވެ. މަސްގަނޑު ކަފައިގެން ދިއުން ފިޔަވައި އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާތީ އެ ހިސާބުތައް ވަނީ ފަހައިފަ އެވެ.
ހަލީމަކީ އިނގުރައިދޫ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ކައިވެންޏެއް ނުކުރެ އެވެ. ފީނަށް ދިއުމަކީ ފޫހިފިލުވުމަށް އޭނާ އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.
ނިޔާވި ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތްކޮށްދިން
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
އިނގުރައިދު އަށް ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ
ގުޅުވޭނެ ގޮތެއް ނެތިގެން ފައި ބުރިކޮށްލައިފި
ވަސީމް އިތުރު ފަރުވާއަށް ލަންކާ އަށް ގެންގޮސްފި
އިތުރުގަޑީ ފައިސާގެ މައްސަލަ ހައްލުކުރަން ގޮވާލައިފި
ދުންފަތް ވިއްކަން ބޭނުންވާ ލައިސަންސަށް ހުޅުވާލައިފި
ހުޅުމާލެ ހޮސްޕިޓަލްގައި ވޫންޑް ކެއާ ކްލިނިކް ހުޅުވައިފި
ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
މަކުނުދޫގައި 8 މަހުގެ ކުއްޖަކު ފިހިގެން ފަރުވާ ދެނީ