މިއަދު ނިޔާވި ނިޝާހު އަބްދުލްޣަފޫރު މޫދަށް ވަރަށް ފަރިތަ އެވެ. އޭގެ އެއް ހެއްކަކީ، ރ. އިނގުރައިދޫގައި ނޮވެމްބަރު 18، 2018 ގައި މޫދަށް އެރި އުޅެނިކޮށް ފުރާނައަށް ނުރައްކާ ހާލަތެއްގައި އޮތް ކުއްޖަކު ސަލާމަތްކުރުމުގައި އޭނާ ދެއްކި އާދަޔާ ހިލާފު ހިތްވަރެވެ.
30 ޖެނުއަރީ 2023
މިއަދު ނިޔާވި ނިޝާހު އަބްދުލްޣަފޫރު މޫދަށް ވަރަށް ފަރިތަ އެވެ. އޭގެ އެއް ހެއްކަކީ، ރ. އިނގުރައިދޫގައި ނޮވެމްބަރު 18، 2018 ގައި މޫދަށް އެރި އުޅެނިކޮށް ފުރާނައަށް ނުރައްކާ ހާލަތެއްގައި އޮތް ކުއްޖަކު ސަލާމަތްކުރުމުގައި އޭނާ ދެއްކި އާދަޔާ ހިލާފު ހިތްވަރެވެ.
އެކަން އަގުވަޒަންކޮށް ނޮވެމްބަރު 10، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިނާމު ދެއްވި ދެ ސްކައުންޓުންގެ ތެރޭގައި، އެ ރަށު، މާހާ، ނިޝާހު ހިމެނެ އެވެ. އެ އެވޯޑު ދެން ލިބުނީ ރ. އިނގުރައިދޫ ހަތިހާ، އަލީ ފައުޒާނަށެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ގެނބުނު ކުއްޖާގެ ފުރާނަ، އެ ދެ ސްކައުޓުންގެ މަސައްކަތުން ސަލާމަތް ކުރެވުނުކަން، ރަށު ސިއްހީ މަރުކަޒުން ދީފައިވާ ލިޔުމުން އެނގެން އޮތް ކަމަށެވެ. އެ ކުދިންގެ ކޮށްފައިވަނީ އާދަޔާ ހިލާފު ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ވެސް އެކަން ހިނގައިދިޔަގޮތް އިތުރަށް ބަލައި ހާއްސަ އެވޯޑެއް އަދި ބައިނަލްއަގުވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި ނިޝާހު ކުރި އާދަޔާ ހިލާފު މަސައްކަތް ފާހަގަކޮށް ސްކައުޓް އެސޯސިއޭޝަން އިން ސެޕްޓެމްބަރު 27، 2021 ގައި ވަނީ އޭނާއަށް ގެލެންޓަރީ ރަން މެޑަލް ދީފަ އެވެ.
ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން، 18 އަހަރުގައި ނިޝާހު މިއަދު ނިޔާވެފައިވަނީ ހަމަ ކަނޑުމަތީގެ ހާދިސާއެއްގަ އެވެ. އޭނާ މަސައްކަތްކުރަމުން ދިޔަ އދ. މާފުށިވަރު ރިސޯޓުގައި ބޮއެ އަޅަން އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން އިތުރު ފަރުވާއަށް އެ އަތޮޅު މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވިންދެއް ނެތެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މޫދުން ނަގައިގެން އެ ތަނަށް 5:30 ހާއިރު ގެންދިއުމުން ގަޑިއެއްހާއިރު ވަންދެން ސީޕީއާރު ދީގެން ވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އަރަބިއްޔާގެ ސްކައުޓު ގްރޫޕުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ އޭނާއަކީ ސްކޫލު ނިމެންދެން ސްކައުޓުގައި ދެމި ހުރި ކުއްޖެއް ކަމަށެވެ. އެ ހަރަކާތުގައި ނިޝާހަކީ ވަރަށް ހަރަކާތްތެރި އަދި ފުރިހަމަ ސްކައުޓެއްގައި ހުންނަން ޖެހޭ އަހުލާގީ ހުރިހާ ސިފަތަކެއް ހުރި، މޮޅު ސްކައުޓެއް ކަމަށް ބުންޏެވެ.
އޭނާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނީ ނިޝާހަކީ މޫދަށް ފަރިތަ ޒުވާނެއް ކަމަށެވެ. އޭނާ ވަނީ ޑައިވިން ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ދެބަފައިންގެ މަސްދަތުރަށް ހިތްދަތި ނިމުމެއް
ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ