27 ނޮވެމްބަރ 2024
ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މޫދުގައި އަނިޔާވެފައި އޮއްވާ މިއަދު ފެނުނު މީހާ މަރުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މޫދުގައި އަނިޔާވެފައި އޮއްވާ މިއަދު ފެނުނު މީހާ މަރުވެއްޖެ އެވެ.
ބޭރު ތޮށިގަނޑާ ދިމާލުން މިއަދު މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނީ ދިވެހި ފިރިހެނެކެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނީ އެ މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާ އަށް އަނިޔާވީ، ތޮށިގަނޑާ ދިމާލުން ދުއްވާފައި ދިޔަ "އުޅަނދެއް" ގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އުމުރުން 55 އަހަރުގެ މީހާ މޫދަށް އެރި އުޅުނު ސަރަހައްދުގައި ލޭންޑިން ކްރާފްޓެއް އޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް އަނިޔާވީ އެ ލޭންޑިން ކްރާފްޓް އޭނާގެ ގައިމަތިން ދިޔުމުންނެވެ.
އެ ސަރަހައްދަކީ މޫދަށް އެރި އުޅުނު މަނާ ތަނެކެވެ.
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް
ޑިންގީ އަކުން ޖެހި މާކުރަތުގެ ޒުވާނަކު މަރުވެއްޖެ
ޓޫރިސްޓުން ގެއްލުނު ހިސާބުން ދެ ހަށިގަނޑު ފެނިއްޖެ
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މުހައްމަދު މަރުވީ ގެނބިގެން، މީހަކަށް ތުހުމަތެއް ނެތް
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް