01 ޖޫން 2024
އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން މިއަދު ހެނދުނު ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.
އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން މިއަދު ހެނދުނު ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.
ހައްޔަރުކުރީ މާމިގިލީ ލޯންޗް "މައި އެކްސްޕްރެސް"ގެ ކެޕްޓަން އިސްމާއިލް އަޒީޒް އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އެއީ ބަންގްލަދޭޝްގެ މީހެކެވެ.
ފުލުހުން ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އާންމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެ އުޅޭ ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވައި އުޅޭ ސަރަހަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗު ދަތުރުކުރީ އިރު އަރައިގެން އައި ގަޑި ކަމަށް ވެފައި، އިރުގެ ދޯދި ތަކުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން އެ މީހުންނަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނާ ކަމަށެވެ.
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުކޮށްފި
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި
ޓެރަސްމަތިން ފެނުނީ ބަންގްލަދޭޝްގެ މީހެއް: ޕޮލިސް
ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ހަތިމެއްގައި ދަތްއަޅައި، ވީދާލި މީހަކު ހައްޔަރުކޮށްފި