Roadha Mihaaru
ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުކޮށްފި

ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުކޮށްފި

02 ޖޫން 2024

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން އިއްޔެ ލޯންޗު ދުއްވި މައްސަލައިގައި ހައްޔަރުކުރި އެ ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން މިއަދު ހުއްދަ ދީފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިބާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ މައްސަލައިގައި ހައްޔަރުކުރީ އދ. މާމިގިލީ ލޯންޗު "މައި އެކްސްޕްރެސް" ގެ ކެޕްޓަން އިސްމާއިލް އަޒީޒެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި އަނިޔާވި މީހާ އޮތީ ދެބުރިވެފަ އެވެ.

ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ އެ ރަށު ސިއްހީ މަރުކަޒަށް އެ މީހާ ގެންދިޔައީ އައްސައިގެން ކަމަށެވެ.

"ދެބުރި ވެފައޭ ވެސް ބުނެވިދާނެ، އެ މީހާ ގެނައި އިރު އޮތީ. ނޫނީ ފަޅިވެފައޭ ވެސް ކީދާނެ. ފަޅި ވެފައި އޮތީ، ހަމަ ދެފަޅި ވަކިން އޮތީ. މޭކަށިގަނޑުން ފެށިގެން ދެބުރި (ހަށިގަނޑުގެ ދެބައި) ވަކިވެފައި އޮތީ. ވީދައިގެން ގޮސްފައި އޮތީ. ބޯވެސް އޮތީ އެހެން،" މުއާވިޔަތު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ އާންމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެ އުޅޭ ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވާ އުޅޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.