ރ. މާކުރަތުގައި މިއަދު ފީނަން ގޮސް އުޅުނު ޒުވާނެއްގެ ގައިގައި ދުއްވާފަ ދިޔަ ޑިންގީއަކުން ޖެހި އޭނާ މަރުވެއްޖެ އެވެ.
20 ޖެނުއަރީ 2018
ރ. މާކުރަތުގައި މިއަދު ފީނަން ގޮސް އުޅުނު ޒުވާނެއްގެ ގައިގައި ދުއްވާފަ ދިޔަ ޑިންގީއަކުން ޖެހި އޭނާ މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވީ އެރަށު ނަލަހިޔާގޭ، އަބްދުލް އަޒީޒް ހަސަން، 20، އެވެ.
ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ ޑިންގީއަކުން ޖެހިގެން ފަރުވާދޭން ގެނައިއިރު ވެސް ޒުވާނާ އޮތީ މަރުވެފައި ކަަމަށެވެ. އެކަމަކު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށް ފަޒީލް ވިދާޅުވި އެވެ.
މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވި ގޮތުގައި އަބްދުލްއަޒީޒް މިއަދު ފީނަން ދިޔައީ އެކަންޏެވެ. ޑިންގީން ޖެހުނީ އެރަށު ނެރު ހިމެނޭ ސަރަހައްދުގައި ފީނަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާ ކުރެވެނީ ފީނަމުން ގޮސް ނޭވާލާން މައްޗަށް އެރި ވަގުތު ޑިންގީން ޖެހުނީ ކަމަށް،" ހަސަން ވިދާޅުވި އެވެ.
އެކްސިޑެންޓްވި ޑިންގީ އަކީ އެރަށުގައި ދުއްވާ ޑިންގީއެއް ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
މަރުވި އަޒީޒަކީ ސްކޫލް ނިންމުމަށް ފަހު، އާމްދަނީ ހޯދަން އިހި ނެގުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް
ނެރުމައްޗަށް ފީނުން: ނުރައްކާ ނަމަވެސް އާންމުކަމެއް
ޓޫރިސްޓުން ގެއްލުނު ހިސާބުން ދެ ހަށިގަނޑު ފެނިއްޖެ
ޒަކިއްޔާގެ ހަށިގަނޑުނަގައި އޮޓޯޕްސީ ހަދައިދޭން އެދިއްޖެ