Roadha Mihaaru
ސަމާ އައިލެންޑް އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރު

ސަމާ އައިލެންޑް ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރުވެއްޖެ

12 އޮކްޓޯބަރ 2017

މިދިޔަ މެއި މަހުގެ ތެރޭގައި ސަމާ އައިލެންޑް ރިސޯޓުން މާލެ ދަތުރު ކުރި ލޯންޗެއް، ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު، އިންޑިއާގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ މެއި މަހުގެ ތެރޭގައި ސަމާ އައިލެންޑް ރިސޯޓުން މާލެ ދަތުރު ކުރި ލޯންޗެއް، ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު، އިންޑިއާގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ލޯންޗުން ދަތުރު ކުރި 14 މީހުންނަށް އަނިޔާވި އެ އެކްސިޑެންޓުގައި ބޮޑު ގެއްލުމެއް ލިބި މަރުވެފައިވަނީ ސ. މީދޫ އަލީ ވަސީމް، 30 އެވެ. އޭނާއަކީ އެ ރިސޯޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ވަސީމަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނު އިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ކުރި އެވެ. އޭގެ ފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވި އެވެ.

އިތުރު ފަރުވާ އަށް ވަސީމް ބޭރަށް ގެންދިޔައީ މިިދިޔަ ޖޫން މަހު ފަހުކޮޅު އެވެ.