10 އޮކްޓޯބަރ 2019
މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ފަދަ ހަމަލާތަކެއް އަނެއްކާވެސް ދޭން އުޅޭ ކަމަށް ބުނެ ދޮގު އިންޒާރެއް ދިން މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ފަދަ ހަމަލާތަކެއް އަނެއްކާވެސް ދޭން އުޅޭ ކަމަށް ބުނެ ދޮގު އިންޒާރެއް ދިން މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި އެވެ.
އީސްޓަ ސަންޑޭގައި ލަންކާގެ ކްރިސްޓިއަން ފައްޅިތަކާއި ބައެއް ހޮޓާތަކުގައި ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 258 މީހަކު މަރުވި އެވެ.
ސައްހަ ނޫން މައުލޫމާތަށް ބިނާކޮށް ދިން އިންޒާރުގައި، ލަގްޒަރީ ހޮޓާތަކަށް އަނެއްކާވެސް ހަމަލާ ދީފާނެ ކަމަށް ބުނެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން އެންގި އެވެ.
"ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ޗީފް އިންސްޕެކްޓަރާއި އޭނާގެ ޑެޕިއުޓީ ވަނީ ކަށަވަރު ނުވާ ދޮގު މައުލޫމާތުތަކެއް އާންމުކޮށްފައި،" ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރާ ވިދާޅުވި އެވެ.
ފައްޅިތަކުގައި ދިން ހަމަލާތަކަށް ފަހު، މިފަދަ އެހެން ހަމަލާތައް ދޭނެ ކަމުގެ ހަގީގަތެއް ނެތް ކިތަންމެ އިންޒާރެއް މީގެ ކުރިން ވެސް ދީފައިވެ އެވެ.
ނަމަވެސް، އޭޕްރީލް މަހު ދިން ހަމަލާގެ ކުރިން ފުލުހުންނަށް އެކަމުގެ މައުލޫމާތު ލިބި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނޭޅި މައްސަލާގައި އޭރުގެ ފުލުހުންގެ ވެރިޔާ އާއި ޑިފެންސް މިނިސްޓްރީގެ ވެރިންގެ މައްޗަށް އަންނަނީ ތަހުގީގު ހިންގަމުންނެވެ.
ލަންކާގައި ދިން ހަމަލާތަކަށް ފަހު އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ތިން މަސް ދުވަސް ވަންދެން ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައި އޮތެވެ. އަދި ހަމަލާގެ ފަހަތުގައި އޮތް ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) މަނާކޮށް އެ ޖަމާއަތުގެ ގިނަ އަދަދެއްގެ މެންބަރުން ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނެފައި ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި އެންމެން މަރުވެފައި ނުވަތަ ހައްޔަރުކުރެވިފައިވާ ކަމަށެވެ. މިދިޔަ މަހުގެ ނިޔަލަށް، މި މައްސަލާގައި 239 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އީސްޓާ ސަންޑޭ: ލަންކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
އީސްޓާ ހަމަލާގައި 3 މީހަކަށް އެމެރިކާއިން ދައުވާކޮށްފި
ލަންކާގައި ދޭން އުޅުނު ހަމަލާއެއް ފެއިލްކޮށްލައިފި
ލަންކާގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ހޯދަނީ
ބޮމުގެ ހަމަލާގެ ރިޕޯޓުގައި ސިރިސޭނާ އަށް ތުހުމަތުތަކެއް
ލަންކާގެ ބޮމުގެ ހަމަލާއާ ގުޅޭ ރިޕޯޓް ޕާލަމެންޓަށް
ބޮމުގެ ހަމަލާ އިން ސަލާމަތްވި ހަތް މީހަކު ހޯދަނީ
ބޮމުގެ ހަމަލާއާ ގުޅިގެން ސިރިސޭނާއާ ސުވާލު ކުރަނީ
ޒަހްރާންއާ ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފި