Roadha Mihaaru
އީސްޓާ ސަންޑޭ: ލަންކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

04 އެޕްރީލް 2021

ކޮލަމްބޯ (އެޕްރީލް 4) - އީސްޓާ ސަންޑޭއާ ދިމާކޮށް ސްރީ ލަންކާގެ ހުރިހާ ފައްޅިތަކެއްގައި ސަލާމަތީ ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 4) - އީސްޓާ ސަންޑޭއާ ދިމާކޮށް ސްރީ ލަންކާގެ ހުރިހާ ފައްޅިތަކެއްގައި ސަލާމަތީ ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން ޑެޕިއުޓީ އިންސްޕެކްޓަ ޖެނެރަލް އަޖިތު ރޯހަނާ ވިދާޅުވީ 2019 ވަނަ އަހަރު ލަންކާގައި ދިން ފަދަ ބޮން ގޮއްވުމުގެ ހާދިސާއެއް ތަކުރާރުވާން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އެޕްރީލް 21، 2019 ގައި ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ޓެރަރިސްޓް ހަމަލާގައި 279 މީހުން މަރުވި އެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ލަންކާގެ 2،000 ފައްޅީގެ ބޭރުގައި ހަތިޔާރާ އެކު 12،500 ފުލުހުން ހަރަކާތްތެރިވަމުންދާނެ އެވެ. ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސެއިންޓް އެންތަނީ ފައްޅީގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ

ސެއިންޓް އެންތަނީ ފައްޅީގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ

ކޮލަމްބޯގެ ސެބަސްޓިއަންސް ފައްޅިއަށް މިއަދު ވަން މީހުންގެ އައިޑެންޓިޓީ އާއި ދަބަސްތައް ވަނީ ޗެކްކޮށްފަ އެވެ. އެ ފައްޅި އަށް 2019 ގައި ދިން ހަމަލާގައި 115 މީހުން މަރުވި އެވެ.

ލަންކާގައި ހައްދުފަހަނަޅި ޖަމާއަތުން ދިން ހަމަލާއާ ގުޅިގެން 200 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ. އެކެއްގެ މައްޗަށް ވެސް އަދި ދައުވާއެއް ނުކުރެ އެވެ. ހަމަލާގައި ބައިވެރިވި މީހުން ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.