Roadha Mihaaru
ސިނަމަން އާއި ޝަންގްރިއްލާގައި ބޮން ގޮއްވީ ދެބެއިން

ސިނަމަން އާއި ޝަންގްރިއްލާގައި ޖާނުންފިދާވުމުގެ ހަމަލާ ދިނީ ދެބެއިން

23 އެޕްރީލް 2019

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ސިނަމަން ގްރޭންޑާއި ޝަންގްރިއްލާ ހޮޓަލުގެ ރެސްޓޯރެންޓުގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިނީ މުސްލިމް ދެބެއިން ކަމަށް ލަންކާ ފުލުހުންގެ އެކި މަސްދަރުތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ސިނަމަން ގްރޭންޑާއި ޝަންގްރިއްލާ ހޮޓަލުގެ ރެސްޓޯރެންޓުގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިނީ މުސްލިމް ދެބެއިން ކަމަށް ލަންކާ ފުލުހުންގެ އެކި މަސްދަރުތަކުން ބުނެފި އެވެ.

ކޮލަމްބޯގައި ހަވާދު ވިއްކާ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދެ ފިރިހެން ދަރިން އަމިއްލަ އަށް މަރުގެން ހަމަލާދީފައި ވަނީ ސިނަމަން ގްރޭންޑާއި ޝަންގްރިއްލާގައި ގެސްޓުން ނާސްތާ އަށް ކިޔޫ ހަދާފައި ވަނިކޮށެވެ. ސިނަމަންގައި ބޮން ގޮއްވާލީ ކިޔޫގައި ހުރި މީހާ ކިޔޫގެ ކުރިއަށް ޖެހިފައި ކަމަށް އެ ހޮޓަލުގެ މެނޭޖަރު ވަނީ ކުރިން ބުނެފަ އެވެ. އަދި ހަމަލާ ދިން މީހާ ވަނީ އޭގެ އެއް ދުވަސް ކުރިން މުހައްމަދު އައްޒާމް މުހައްމަދުގެ ނަމުގައި އެ ހޮޓަލަށް ޗެކިންވެފައި ކަމަށް ވެސް މެނޭޖަރު ބުނެފައިވެ އެވެ. ދެން ހަމަލާ ދިނީ ކިންގްސްބަރީ ހޮޓަލަށެވެ.

ސްރީ ލަންކާގެ މަޝްހޫރު ސިނަމަން ގްރޭންޑް: އެ ހޮޓަލުގައި ބޮން ގޮއްވާލީ ރެސްޓޯރެންޓުގައި.

ސްރީ ލަންކާގެ މަޝްހޫރު ސިނަމަން ގްރޭންޑް: އެ ހޮޓަލުގައި ބޮން ގޮއްވާލީ ރެސްޓޯރެންޓުގައި.

ފުލުހުންގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަތަރު ވަނަ ހޮޓަލަކަށް ވެސް ހަމަލާ ދޭން އުޅުނެވެ. ނަމަވެސް އެ ހަމަލާ ވަނީ ނާކާމިޔާބުވެފަ އެވެ. ބައެއް ފަރާތްތަކުން އޭއެފްޕީ ނިއުސް އެޖެންސީ އަށް ވެސް މައުލޫމާތު ދިން ގޮތުގައި ހަތަރު ވަނަ ހޮޓަލަކަށް ހަމަލާ ދޭން އުޅުނެވެ. އަދި ހަމަލާ ދޭން އުޅުނު މީހާ އެއް ދުވަސް ކުރިން އެ ހޮޓަލަށް ޗެކިންވި ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ހޮޓަލުގައި އާދިއްތަ ދުވަހު އޭނާ ހުރި ނަމަވެސް ބޮން ގޮއްވާލައިފައެއް ނުވެ އެވެ. ބޮން ނުގޮވީ ކަމެއް ނުވަތަ ބޮން ގޮއްވާލަން ބޭނުން ނުވީ ކަމެއް ނޭނގެ އެވެ. ހަތަރު ވަނަ ހޮޓަލާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ޝަންގްރިއްލާގައި ދިން ހަމަލާ އަށް ފަހު ނަން ހާމަކޮށްފައި ނުވާ ހަތަރު ވަނަ ހޮޓަލުގައި އުޅުނު މީހާއާ މެދު ޝައްކު ކުރުމުން އޭނާ ވަނީ ޓްރެކްކޮށްފަ އެވެ. އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލީ ފުލުހުން އޭނާއާ ކުރިމަތިލާން ދިއުމުންނެވެ.

ބޮމުގެ ހަމަލާގައި ކޮލަމްބޯގެ ކިންގްސްބަރީ ހޮޓަލަށް ލިބިފައިވާ ގެއްލުންތައް ބަލަނީ. --ފޮޓޯ:އޭއެފްޕީ

ބޮމުގެ ހަމަލާގައި ކޮލަމްބޯގެ ކިންގްސްބަރީ ހޮޓަލަށް ލިބިފައިވާ ގެއްލުންތައް ބަލަނީ. --ފޮޓޯ:އޭއެފްޕީ

ތަހުގީގީ އޮފިސަރަކު ބުނީ ސިނަމަން ގްރޭންޑާއި ޝަންގްރިއްލާގައި ހަމަލާ ދިނީ އުމުރުން 20 ގެ އަހަރުތަކުގެ ދެ ޒުވާނުން ކަމަށެވެ. އެ މީހުންގެ ނަންތައް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ކިންގްސްބަރީ އާއި ތިން ފައްޅީގައި ބޮމުގެ ހަމަލާ ދިން މީހުންނާ މި ދެބެއިންނާ ގުޅުން ވާކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފިޝަލް ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން ދެބެއިންނަކީ ލަންކާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ އިސް ދެ މެންބަރުން ކަމަށެވެ. ހަމަލާގެ ތުހުމަތު ލަންކާ ސަރުކާރުން އެންޓީޖޭ އަށް ކުރި ނަމަވެސް ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވެސް ވަނީ އުފުލައިފަ އެވެ.