09 އޮކްޓޯބަރ 2019
ސިިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަނާޅާ މެމްބަރުން ޕާޓީތަކުގެ ދަފްތަރު އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ސިިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަނާޅާ މެމްބަރުން ޕާޓީތަކުގެ ދަފްތަރު އުނިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް މެމްބަރުން ވައްދާއިރު ފިންގަޕްރިންޓް ހުށަހަޅަން ނުޖެހުނަސް، ޕާޓީތަކުގެ ގާނޫނު އައިއިރު އޮތީ ފިންގަޕްރިންޓް ހުށަހަޅަން ލާޒިމްކޮށްފަ އެވެ. އެކަމަކު ޑިސެމްބަރު، 2015 ގައި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އެންގީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުން ވެސް ކޮމިޝަނަށް ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި އެކަން ނުކޮށްފި ނަމަ، އެ މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރާނެ ކަމަށެވެ.
އެއީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ހ. އާ ޚިލާފް ކަމެއް ކަމަށް ބުނެ ކޮމިޝަންގެ އެ އެންގުން ބާތިލްކުރަން އެމްޑީޕީ އާއި ޑީއާރުޕީން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުކުމްކުރީ ކޮމިޝަންގެ އެ ނިންމުން ރަނގަޅު ކަމަށެވެ. ފަހުން އެ މައްސަލަ އެ ދެ ޕާޓީން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ހ. އަކީ މާއްދާއަކީ ކުރިން ކޮށްފައި އޮންނަ ކަމަކަށް ފަހުން އަންނަ ގާނޫނަކުން އަދަބު ދިނުން މަނާ ކުރުމާއި އަދި ކުށް ކުރިއިރު އޮންނަ އަދަބަށް ވުރެ ބޮޑު އަދަބެއް ފަހުން އަންނަ ގާނޫނަކުން ދިނުން މަނާކުރާ މާއްދާއެއް ކަމަށްވާތީ އެއީ ހަމައެކަނި ޖިނާއީ ކުށާއި އަދަބާ ގުޅޭ މާއްދާއެއް ކަމަށެވެ.
ކޮމިޝަންގެ އެ ނިންމުމަކީ އެއްވެސް މީހަކު ކުށެއް ކޮށްގެން އަދަބެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި އެއީ އިދާރީ ތަބީއަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ ހުކުމުގައިވެ އެވެ. އެހެންވެ، އަސާސީގެ 59 ވަނަ މާއްދާގެ ހ. ގެ ދަށުން ކޮމިޝަންގެ އެ ނިންމުން ބާތިލްނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ހ. ދަށުން ކޮމިޝަންގެ އެ އެންގުން ބާތިލް ނުކުރެވުނަސް، ކޮމިޝަންގެ އެ އެންގުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކާ ޚިލާފް އެންގުމެކެވެ. އެއީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، އެއްވެސް ގާނޫނަކީ އެ ގާނޫނު އައުމުގެ ކުރިން މާޒީގައި ހިނގާފައި ހުރި ކަންކަމުގެ މައްޗަށް ހިނގާނެ އެއްޗެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބުނެފައި އޮތުމުންނެވެ.
ނަމަވެސް އެމްޑީޕީ އާއި ޑީއާރުޕީން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ ހ. އަށް ރިއާޔަތްކޮށް ކަމަށް ވެފައި، އެ މާއްދާގެ އުސޫލު ކޮމިޝަންގެ އެ ނިންމުމުގެ މައްޗަށް ނުހިނގާނެތީ އެ މާއްދާގެ މައްޗަށް ބިނާކޮށް އެ ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން މައްސަލަ ނިންމާނީ ދައުވާގައި އެދިފައިވާ ކަންކަމުގެ މައްޗަށް ބިނާ ކޮށްގެން ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، ކޮމިޝަންގެ އެ އެންގުން ބާތިލް ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.
އެ މައްސަލަ 2016 ގައި ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަން ޖެހޭ ގޮތަށް (ރެޓްރޯސްޕެކްޓިވްކޮށް) ގާނޫނު ހިންގަންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހުކޮށްފަ އެވެ.
އެ އިސްލާހާ އެކު، އެމްޑީޕީގައި އޭރު ތިބި ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީގެ ދަފްތަރުން ވަކި ކުރުމުން އެންމެ މެމްބަރުން ގިނަ ޕާޓީގެ މަގާމު އެ ޕާޓީއަށް އޭރު ގެއްލުނެވެ. އޭގެފަހުން ދާދިފަހަކާ ޖެހެންދެން އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތުމަށް ފަހު އަނެއްކާވެސް މިހާރު އެމްޑީޕީ އަކީ މެމްބަރުން އެންމެ ގިނަ ޕާޓީ އެވެ.
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި
ފިންގަޕްރިންޓް ހުށަހެޅުމުގެ މައްސަލަ ހައި ކޯޓަށް
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
ސޮއި ނެތިގެން އިބޫ، އީވާ، ފައިސަލް ޕާޓީން ވަކިކޮށްފި
ފިންގަޕްރިންޓް މައްސަލަ އިލެކްޝަނާ އެއްކޮޅަށް ނިމިއްޖެ
ފިންގަޕްރިންޓްގެ މައްސަލާގައި ޖޭޕީން ހައި ކޯޓަށް