08 ސެޕްޓެމްބަރ 2016
ކުރިން ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޖުމްހޫރީ ޕާޓީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ކުރިން ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޖުމްހޫރީ ޕާޓީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރުކޮށް، އެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހު ބުނާ ގޮތުން ޕާޓީތަކުގައި މިހާރު ތިބި ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ފިންގަޕްރިންޓް ހުށަހަޅަން ދޭ އެއް މަސް ދުވަހުގެ ތެރޭގައި ފިންގަޕްރިންޓް ހުށަނާޅައިފި ނަމަ އެ މެމްބަރަކު ޕާޓީން ވަކިވާނެ އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ ކުރިން ސޮއިކޮށްފައި ތިބި މެމްބަރުންގެ ފިންގަޕްރިންޓް ހުށަނާޅައިފި ނަމަ ޕާޓީން ވަކިވާ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ އާއި ގާނޫނީ މަބްދައުތަކާ ޚިލާފް ކަމެއް ކަމަށެވެ. ކުރިން ކޮށްފައިވާ ކަމަކަށް، ފަހުން ހެދޭ ގާނޫނުގެ އުސޫލުތައް ނުހިނގާނެ ކަމަށާއި އެކަމަކު ގާނޫނަށް ގެނައި އިސްލާހުގައި އޮތީ ކުރިން ކޮށްފައިވާ ކަމަކަށް ވެސް އެ ގާނޫނު ހިނގާ ގޮތަށް ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި އެދިފައިވަނީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ވަތް މެމްބަރުންގެ ފިންގަޕްރިންޓް އެއް މަސް ތެރޭގައި ހުށަނާޅައިފި ނަމަ އެ މީހުން ޕާޓީން ވަކިވާ ގޮތަށް ގާނޫނަށް އިތުރުކުރި އަކުރު ބާތިލްކޮށް ދިނުމަށެވެ.
ދުސްތޫރީ މައްސަލަތައް ބަލާ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމިކަމެއް އަދި ނޭނގެ އެވެ.
ޖުމްހޫރީ ޕާޓީން އެ މައްސަލަ ހުށަހެޅިއިރު އެމްޑީޕީން ވެސް ކުރިން ވަނީ އެކަމާ ގުޅުން ހުރި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެމްޑީޕީން މައްސަލަ ހުށަހެޅީ ގާނޫނަށް އެ އިސްލާހު ގެނައުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުން ކޮމިޝަންގެ އެ ނިންމުން ބާތިލްކުރުމަށެވެ.
ކުރީގެ މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި އޭރު ބުނެފައި ނެތީސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ ކުރީގެ މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގާނޫނަށް އެ އިސްލާހު ގެނައީ އޭގެ ފަހުންނެވެ.
ފިންގަޕްރިންޓް މައްސަލައިގެ އެންގުން ބާތިލެއް ނުކުރި
ޕާޓީތަކުގެ ދަރަނި ބަޖެޓުން ކަނޑާލާ އިސްލާހު ބޭރުކޮށްފި
ޕާޓީތަކުން ނުދައްކާ ދަރަނިތައް ބަޖެޓުން ކަނޑާލަނީ
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި
ފިންގަޕްރިންޓް މައްސަލަ އިލެކްޝަނާ އެއްކޮޅަށް ނިމިއްޖެ
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ
ހުރިހާ ޕާޓީތަކަށް ފައިސާދީގެން އޮތީ ކޮން ފައިދާއެއް؟
ޕާޓީއަކަށް ވައްދަން ވަގު ފޯމެއް ހުށަހެޅިކަން ސާބިތުނުވި
10 އަހަރުކުރީގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް