17 ސެޕްޓެމްބަރ 2024
އެހެން މީހެއްގެ ނަމުގައި ސައްހަ ނޫން ފިންގަޕްރިންޓެއް ޖަހައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅި މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެހެން މީހެއްގެ ނަމުގައި ސައްހަ ނޫން ފިންގަޕްރިންޓެއް ޖަހައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅި މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެހެން މީހެއްގެ ނަމުގައި ވަގު ސޮޔަކާއި ފިންގަޕްރިންޓެއް ޖަހައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޖެނުއަރީ، 2020 ގަ އެވެ. އެ މައްސަލާގައި ނ. ވެލިދޫ މީހެއްގެ މައްޗަށް ދައުލަތުން ކުރީ އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
މިއީ އޮޅުވާލައިގެން މީހަކު ޕާޓީއަކަށް ވެއްދި މައްސަލާގައި ޖިނާއީ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި ދައުވާލިބޭ މީހާ އެކަމަށް އިންކާރު ކުރިއިރު، އެ ފޯމްގައިވާ އަތުލިޔުމަކީ އެހެން މީހެއްގެ އަތު ލިޔުންކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި ޕާޓީއަކަށް ވަނުމަށް ހުށަހަޅާ ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ އާންމު މައުލޫމާތު ކޮންމެ މީހަކަށް ވެސް ލިޔުމުގެ ފުރުސަތު އޮންނައިރު، އެ ފޯމްގައި ދައުވާލިބޭ މީހާގެ ފިންގަޕްރިންޓް އޮތް ނަމަވެސް އެހެން މީހެއްގެ ނަމުގައި އެ ފޯމް ފުރާފައިވަނީ އޭނާކަން ނުވަތަ އޭނާގެ އެނގުމުގެ ތެރެއިން އެނގޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އޭނާ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އޮޅުވާލައިގެން މީހުން ރަޖިސްޓްރީކުރާ މައްސަލަތަކުގައި މީގެކުރިން ބައެއް ޕާޓީތައް ޖޫރިމަނާ ކުރަން ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ.
"ކުނޫޒްގައި އޮތް ޖަލްސާއެއްގައި ބޮމެއް ގޮއްވަން ރޭވި"
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން
ފައިސާ ދޫކުރަންވާ އިރަށް އެތައް ހާސް ފޯމެއް!
މި އަހަރު ވެސް ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް
އަދީބު އިއުތިރާފުވުމުން ޕާޓީތަކުން ދިފާއުވާން ޖެހިއްޖެ!
އީސީން އަންގާ ކަންކަން ކުރާ އިސްލާހާ ޕާޓީތަކުން ދެކޮޅު
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ
އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން ނިންމައިފި
ފައިސާ ދޭން އީސީން އެދުނީ ތިން ޕާޓީއަކަށް: ފިނޭންސް
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދީފި