17 އޮކްޓޯބަރ 2016
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް މިއަދު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް މިއަދު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑީއާރްޕީން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި މި ވަނީ އެ ޕާޓީތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން އިލެކްޝަންގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމާ ގުޅިގެންނެވެ.
ޕާޓީތަކުގެ ގާނޫނު 2013، އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެ އެމްޑީޕީ އާއި ޑީއާރްޕީން ކުރި ދައުވާ ކުރިއަށް ދަނިކޮށް ގާނޫނު އިސްކޮށްފައި ވަނީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މީހުން ވެސް ފިންގަޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޕާޓީތަކުގެ ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށިއިރު، އެ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަންޖެހޭނެ ކަމަކަށް ބުނެފައެއް ނެތެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމީ ގާނޫނު އައުމުގެ ކުރިން ސޮއިކުރި މެމްބަރުން ވެސް ފިންގަޕްރިންޓް ހުށަހަޅަންޖެހޭނެ ކަމަށާއި ހުށަނާޅައިފި ނަމަ ޕާޓީން ވަކިކުރާނެ ކަމަށެވެ.
ފިންގަޕްރިންޓް ހުށަނާޅާ މީހުންގެ ޕާޓީ މެންބަޝިޕް ގެއްލުމާ އެކު އިދިކޮޅު އެމްޑީޕީ އަށް ވަނީ މެންބަރުން އެންމެ ގިނަ ޕާޓީގެ މަގާމު ގެއްލި، ވެރިކަންކުރާ ޕީޕީއެމް އަށް އެ މަގާމު ލިބިފަ އެވެ.
ފިންގަޕްރިންޓް މައްސަލައިގެ އެންގުން ބާތިލެއް ނުކުރި
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވެއްޖެ
އޮޑިޓް ރިޕޯޓު ހުށަނާޅާތީ އަދާލަތާއި ޑީއާރުޕީ ޖޫރިމަނާ
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ފޯމުތައް ޕޮލިހަށް
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
އެމްޑީޕީން ނުދިއުމުން ކެންޑިޑެސީ މައްސަލަ ބޭރުކޮށްލައިފި