13 ސެޕްޓެމްބަރ 2018
ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިއަދު ވިދާޅުވީ ރައީސްގެ އަބުރަށް އަރައިގެންފައިވާތީ އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެ މައްސަލަތައް ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ.
މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މި ބޭފުޅުންގެ މައްޗަށް ވެސް ވަނީ އަބުރުގެ ދައުވާ ކުރަން ހުށަހަޅައިފަ އެވެ.
އެ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެން ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އައްބާސް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅިއިރު އަބުރު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށް ވަކި އަދަދެއް ކަނޑައަޅާފައިނުވާނެ ކަމަށެވެ. އެ ބޭފުޅުން މިހާރު ގެންދަވަނީ ރައީސްގެ އަބުރަށް ލިބުނު މާލީ ގެއްލުންތައް ބަލަމުން ކަމަށާއި އެކަންތައް ބެލުމަށްފަހު ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެ އަމަލުގެ ސަބަބުން ރިޔާސީ އިންތިޚާބަށް އިތުރަށް ކެމްޕެއިނާއި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެހެންވެ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް އަރާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައީސް ޔާމީން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓުން ބަލައިގެންފި
ރައީސްގެ އަބުރާ ބެހުނު މައްސަލަ ބުދަ ދުވަހު ހުށަހަޅަނީ
ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ
އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ
ޝަރީފް ފިޔަވައި އީސީ ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގަ
ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ނަގައިފި
ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
ޔާމީންގެ ޖޫރިމަނާގެ މައްސަލަ ކުރިއަކަށް ނުގެންދެވުނު