30 ޖެނުއަރީ 2017
އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިން ކުރިމަތިލި މީހުންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރުމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އެ ޕާޓީން ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރު ކޮށްލައިފި އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިން ކުރިމަތިލި މީހުންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރުމާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އެ ޕާޓީން ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރު ކޮށްލައިފި އެވެ.
މިމަހު 14 ގައި ކައުންސިލް އިންތިޚާބު ބާއްވަން ނިންމުމަށް ފަހު ކޯޓުގެ ހުކުމަކާ ގުޅިގެން އަންނަ އޭޕްރީލް މަހަށް އިންތިޚާބު ފަސްވުމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ މި މަހު ބާއްވަން އުޅުނު އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން ވެސް އަލުން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެމްޑީޕީން މައްސަލަ ހުށަހެޅީ އޭގެ ސަބަބުން އެ ޕާޓީގެ 500 އެއްހާ ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމަށް ބުނެ ކޮމިޝަންގެ ނިންމުން ބާތިލް ކުރުމަށެވެ.
މިއަދު މެންދުރު ބާއްވަން އޮތް ޝަރީއަތަށް އެމްޑީޕީގެ ވަކީލު ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ އެ މައްސަލަ އަލުން ހުށަހަޅަން އެ ޕާޓީން ދެން ބޭނުންވިޔަސް އެ މައްސަލަ އަލުން ހުށަނޭޅޭ ގޮތަށެވެ.
މި މައްސަލާގައި އެމްޑީޕީގެ ފަރާތުން ހައި ކޯޓަށް ވަޑައިގަންނަވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގައި ބާއްވަވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ވަނީ އިއްޔެ އެ ގައުމަށް ވަޑައިގެންފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ޝަރީއަތަށް ހާޒިރު ނުވި ސަބަބެއް ވެސް އެމްޑީޕީން އަންގާފައި ނެތް ކަމަށާއި އެހެންވެ އެ ފަރާތުން މައްސަލަ ދޫކޮށްލީ ކަމަށް ހައި ކޯޓުގެ ގަވާއިދުގެެ ދަށުން ބަލަންޖެހޭ ކަމަށެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލައެއްގައި ދައުވާކުރާ ފަރާތުން ހާޒިރު ނުވެއްޖެ ނަމަ އެ ފަރާތުން މައްސަލަ ދޫކޮށްލީ ކަމަށް ބަލައި، އަލުން އެ މައްސަލައެއް ހުށަނޭޅޭ ގޮތަށް ދައުވާ ފޯމް ބާތިލް ކުރެވޭނެ އެވެ.
އެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ ދައުލަތުން ކުރިން އިޖްރާއީ ނުކުތާއެއް ނަގައި، އެ ނުކުތާއަށް ޖަވާބުދާރީވާން އެމްޑީޕީއަށް ފުރުސަތު ދީފައި ވަނިކޮށެވެ. މިއަދުގެ އަޑުއެހުމަކީ އެމްޑީޕީން އެ ނުކުތާއަށް ޖަވާބުދޭން ތާވަލްކުރި އަޑުއެހުމެކެވެ.
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ބަލައިގެންފި
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
ކެންޑިޑޭޓުންގެ މައްސަލަ ހައި ކޯޓަށް ބެލޭނެތޯ ސުވާލު
ކެންޑިޑެސީ ބާތިލްކުރި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
އިންތިޚާބަކީ ކުޅިގަނޑެއް، ގެއްލުން ބޮޑު: އަލީ ވަހީދު