11 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ނަމުގައި ކުޅޭ "ކުޅިގަނޑެއްގައި" ބައިވެރިވުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަމުގައި ކުޅޭ "ކުޅިގަނޑެއްގައި" ބައިވެރިވުމުން ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީގެ ބޭރުން، ކުޅެމުން ދާ ޑްރާމާއަކަށް އިންތިހާބެކޭ ނުކިޔާނެ ކަމަށެވެ. އެ ތަޖުރިބާ ރާއްޖޭގައި ވަރަށް ގިނަ ފަހަރަށް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީން ވާދަ ނުކުރަން ނިންމުމަކީ، އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެ ޕާޓީން ނިންމި ވަރަށް ހިތްވަރުގަދަ، އަދި ހިކުމަތްތެރި ނިންމުމެކެވެ. ރައްޔިތުންގެ ހައްގުގައި، އީސީގެ ޖަރީމާތަކާ ދެކޮޅަށް އަދާލަތުގެ ނިންމުމަށް އޭނާ ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.
އަދާލަތުން ކުރިން ނިންމާފައި އޮތީ، އެ ޕާޓީން ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ އެކު އިންތިހާބުގައި ވާދަކުރުމަށެވެ.
އަލީ ވަހީދާއި އިމްރާން: އިންތިހާބުގައި އަދާލަތުން ބައިވެރި ނުވާން ނިންމުމަކީ ހިކުމަތްތެރި ނިންމުމެއް ކަމަށް އަލީ ވަހީދު ވިދާޅުވި.
އަލީ ވަހީދު ވިދާޅުވީ ކައުންސިލްތަކުގެ ބާރެއް، އިންތިހާބުގެ ސައްހަ ކަމެއް ނެތް ކަމަށެވެ. ނަމެއްގައި، ބާއްވާ އިންތިހާބުގައި ބައިވެރިވުމުގެ މާނައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ހިމާޔަތް ލިބިފައިވާ މިނިވަން އިންސާފުވެރި އިންތިހާބެއް މުހިއްމެވެ. އެ އިންތިހާބު ހޯދުމަށްޓަކައި ގާނޫނުތަކާއި އިންސާފުގެ އެންމެހާ ހަމަތަކުން ނެއްޓިފައިވާ ޖަރީމާތަކުން ދުރުވެ، އިސްލާހުކުރަން މި ދަނޑިވަޅުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޯނީ ރިޕޯޓް [ފެބްރުއަރީ 7 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހާދިސާގެ ތަހުގީގު] އަދި 2013 ގެ ރިޔާސީ އިންތިހާބު ފަދަ ޖަރީމާތަކަށް ގާނޫނީ ބާރާއި ސައްހަކަން ދެވުމުން، އިސްކުރެވުނު ގައުމީ މަސްލަހަތާއި ކުރި ފައިދާ އަށް ވުރެ ލިބުނު ގެއްލުން މާ ބޮޑު،" އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ އާއްމު މެމްބަރުންނާއި ރާއްޖޭގެ ގިނަ ރައްޔިތުންގެ ހިޔާލު ވަޒަންކޮށްލައިފި ނަމަ އަޅުގަނޑަށް ވިސްނޭ، މި މަގުން ގާނޫނުު ނެގެހެއްޓުމުގައި، ގިނަޔާއި މަދަށް ވުރެ މުހިއްމީ ރަނގަޅާއި ނުރަނގަޅު ވަކިކުރުން."
އަލީ ވަހީދު ވިދާޅުވި ގޮތުގައި އެއްވެސް ބަޔަކު އުސޫލްތަކުގައި ނުހިފަހައްޓައިފި ނަމަ އޭގެ ހިތި ނަތީޖާ އާއި އަސަރު އެންމެންނަށް ވެސް ތަހައްމަލް ކުރަން ޖެހޭނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ދިން މިންވަރެއްގައި ހިފައިފި ނަމަ އެ މިންވަރަށް މާދަމާ ނޫނެކޭ ބުނުމުގެ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދާއި ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ބާތިލްކުރެވިފައިވާ ކެންޑިޑެސީތަކާއި ނުހައްގު ހުކުމްތަކަށް ނޫނެކޭ ބުނެ ފްރީ އެންޑް ފެއާ އިންކްލޫސިވް އިލެކްޝަނަކަށް ދިއުމަށް މި ދަނޑިވަޅުގައި މިސްރާބު ޖަހަން ލާޒިމް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މަގްބޫލް ލީޑަރުންނަށް ހުކުމް އިއްވައިގެން ކެންޑިޑެސީތައް ބޭނުން މީހުން ޕާޓީތަކުގައި ވެސް ތިބި ކަމަށެވެ. ވާދަނުކޮށް ޖަރީމާ ހިންގައިގެން ކުރި ހޯދަން ރާވާ އެކަހަލަ މީހުން ހުރިހާ ދިމާލަކުން ވެސް ބަލިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ވަކި ބަޔަކަށް ހުކުމް އައިސް، ދައުވާ އުފުލި، ޖަލަށް ލެވި، އަރުވާ ލެވި އަނެއް ބަޔަކު ކަހާތަން ހިރުވާ ވެސް ނުލާ ކަމާ މެދު ވިސްނާލުމުން މި ދެންނެވި އެއްޗެއް ސާފުވާނެ،" ތަފްސީލް ނުދެއްވައި އަލީ ވަހީދު ވިދާޅުވި އެވެ.
އަދާލަތު ޕާޓީން އިންތިހާބު ބޮއިކޮޓް ކުރި ނަމަވެސް އެމްޑީޕީގެ ވިސްނުމަކީ އިންތިހާބުގައި ބައިވެރިވުމެވެ.
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
އެމްޑީޕީން ނުދިއުމުން ކެންޑިޑެސީ މައްސަލަ ބޭރުކޮށްލައިފި
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ބަލައިގެންފި
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް
އަދާލަތާއި އެމްޑީޕީގެ ވިސްނުން މުޅިން ތަފާތު
އަދާލަތަށް އެއްވެސް މަޖުބޫރުކަމެއް ނެތް: ޖަމީލް