11 ޖެނުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައި ވިއަސް އެ ޕާޓީގެ މިނިވަންކަން ގެއްލޭނެ އެއްވެސް މަޖުބޫރުކަމެއް އެ ޕާޓީ އަށް ނޯންނާނެ ކަމަށް އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައި ވިއަސް އެ ޕާޓީގެ މިނިވަންކަން ގެއްލޭނެ އެއްވެސް މަޖުބޫރުކަމެއް އެ ޕާޓީ އަށް ނޯންނާނެ ކަމަށް އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އަދާލަތުން ކުރިން ނިންމާފައި އޮތީ އެމްޔޫއޯއާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް އެ ޕާޓީން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.
މިއީ އެމްޔޫއޯއާ އެކު ކުރާ މަސައްކަތްތަކާ ހިޔާލު ތަފާތު ނިންމުމެއް ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
އަދާލަތުގެ ނިންމުމާ ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ ކޯލިޝަންގައި ދެމިއޮތުމަކީ އަދާލަތުގެ ހަރަކާތްތަކާއި ސިޔާސީ އެކި ކަންކަން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ނިގުޅައިގަނެވޭ ކަމެއް ނޫން ކަަމަށެވެ. ކައުންސިލް އިންތިހާބުގައި ބައިވެރި ނުވާން ނިންމި ސަބަބުތައް އެ ޕާޓީން ނެރުނު ބަޔާނުގައި ވަރަށް ބޮޑަށް ތަފްސީލްކޮށްދީފައިވާ ކަން ޖަމީލް ފާހަގަކުރެއްވި އެވެ.
"އެމްޔޫއޯގައި ތިއްބޭ ކިޔާފައި އަދާލަތަކަށް އެއްވެސް މަޖުބޫރު ކަމެއް ނެތް. އެ ޕާޓީ އަށް ގަބޫލުނުކުރެވޭ ކަންކަމުގައި، މިނިވަންކަމާ އެކު ގޮތް ނިންމުމުގެ އިހްތިޔާރު އޮންނާނެ،" ޖަމީލް ވިދާޅުވި އެވެ.
އަދާލަތުގެ އެ ނިންމުމަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ކޯލިޝަން ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިގެން ނިންމި ނިންމުމެއް ނޫނެވެ. އެމްޑީޕީ އާއި އަދާލަތާއި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ވަކިވަކި ފަރުދުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެމްޔޫއޯ އަދިވެސް އޮތީ ބަދަހިކަމާ އެކު އިސްލާހީ މަސައްކަތުގައި ސާބިތުވެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން ބޭއްވި ޖަލްސާއެއްގައި ދެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -ފޮޓޯ:އަދާލަތު ޕާޓީ
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޔޫއޯގެ ހަރަކާތްތައް މަޑުނުޖެހި ކުރިއަށް އެބަދެ އެވެ. ރާއްޖޭގެ ސިޔާސީ މާހައުލާއި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ޖާގަ ހަނިކޮށްފައިވާ މިންވަރާއި މުއައްސަސާތަކާއި ގާނޫނުތަކުގެ ތެރެއިން ހައްގުތައް ނިގުޅައިގަތުމުގެ ތެރެއިން ވެސް، ރައްޔިތުންގެ ހައްގުގައި އެމްޔޫއޯ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ލީޑަރުންގެ މަސައްކަތްތައް މި ވަނީ ހުއްޓުވާފައި. ގާނޫނީ ގޮތުންނާއި ކޯޓުތަކުންނާއި މުއައްސަސަތަަކުގެ ހާލަތަށް ބަލާއިރު، ހަނި ޖާގައެއް މި އޮތީ ފެންނަން. އެ ޖާގައިގެ ތެރެއިން ހަރަކާތްތައް ދަނީ ހިންގަމުން،" ޖަމީލް ވިދާޅުވި އެވެ.
އިންތިހާބުގައި ބައިވެރި ނުވާން ނިންމައި، އަދާލަތު ޕާޓީން ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމް ހަރާބުކޮށް، އިލެކްޝަންސް ކޮމިޝަނުން ހުރިހާ ނިންމުންތަކެއް ވެސް ނިންމަނީ ސަރުކާރު ހިންގާ ފަރާތަށް ލާބަ ހުރި ގޮތަކަށް ކަމަށެވެ. މި މަހު 14 ގައި ބާއްވަން އިއުލާންކުރި އިންތިހާބުގެ ބަދަލުގައި އެޕްރީލް 8 ގައި އިންތިހާބެއް ބާއްވަނީ، ގާނޫނު އަސާސީގެ ދަށުން ލާޒިމްކުރާ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ވަކި މީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމް ހަވާލުކުރަން ދައްކާ ހުއްޖަތެއްގެ ގޮތުން ކަމަށް އެ ޕާޓީން ބުންޏެވެ.
އަދާލަތުން ބުނެފައިވާ ގޮތުގައި ގާނޫނޫއަސާސީން ލާޒިމްކޮށްފައިވާ ގޮތަށް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިހުމާލުވެ، ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފަ އެވެ.
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި
ހިތުހުރި ގޮތަކަށް ރައީސަށް ކަންކަން ނުކުރެއްވޭނެ:ޝާހިދު
ލިސްޓާ މެދު ސުވާލު އުފެދޭ، ސޮއިކުރަން ދަތި: އެމްޑީޕީ
ކެންޑިޑެސީ ބާތިލް ކުރަން ދަނީ ރާވަމުން: އެމްޑީޕީ
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ތުހުމަތުކުރި މައްސަލައިގެ ހެއްކެއް ނުފެނުނު: އެމްޑީޕީ
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު