05 އެޕްރީލް 2017
އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލު ކުރަން ސަރުކާރުން ރާވަމުން ދާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލު ކުރަން ސަރުކާރުން ރާވަމުން ދާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ބުނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިޚާބު ނުބާއްވައި، އިންތިޚާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިޚާބުތަކަށް ކުރާ އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް އަމާޒުކޮށް ކެންޑިޑެސީ ބާތިލު ކުރުމަށް ސަރުކާރުން ރާވައިގެން ކުރާ ހުރިހާ ކަމެއް ކުށްވެރިކޮށް އެފަދަ މަކަރުވެރި ރޭވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ބަޔާނުގައި ގޮވާލި އެވެ.
"މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލައި ފިއްތައިގެން އިންތިހާބުތައް ފަސްކުރުން ފަދަ ކަންކަމުގެ އިތުރުން ފުލުހުން ބޭނުންކޮށްގެން ޕާޓީގެ ކެންޑިޑޭޓުން ފްރޭމްކޮށް ކެންޑިޑެސީ ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި މިއީ ވާދަވެރި ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރިވުމަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ނުރައްކާތެރި ބޮޑު ޖަރީމާއެކެވެ. އަދި އިންތިޚާބު ފަސްކުރަނީ ވާދަވެރި ފަރާތްތަކުގެ ކެންޑިޑެސީ ބާތިލުކޮށް އެކަހެރި ކުރުމަށް ފަހު "ގޮނޑިކޮއްކޮ" އިންތިޚާބެއް ބޭއްވުމަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ދައުލަތުގެ މުހިއްމު މުއައްސަސާތަކަށް ނުފޫޒު ފޯރުވާނަމަ، އެކަމުގެ ގެއްލުން މުޅި ރާއްޖެ އަށް ލިބޭނެ ކަމަށާއި މިނިވަން މުއައްސަސާތަކަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ތަންތަން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"މިއަދު މިއީ ފްރޭމް ކުރުމާއި، ބޭއިންސާފުން ރައްޔިތުންނަށް އަނިޔާ ދޭން ތިބޭ ބަޔަކަށް ވެގެން ނުވާނެ އެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވެ ކެންޑިޑޭޓުންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަމެވެ."
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ:އިދިކޮޅު
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް
އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ
މިއީ ރައްޔިތުން ދެއްކި އެންމެ ބޮޑު ހިތްވަރު: ނަޝީދު
ލިސްޓާ މެދު ސުވާލު އުފެދޭ، ސޮއިކުރަން ދަތި: އެމްޑީޕީ
ޖޭޕީ/އެމްޑީޕީން ވަކިވި މެމްބަރުންނަށް ގާސިމްގެ އާދޭސް
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ތުހުމަތުކުރި މައްސަލައިގެ ހެއްކެއް ނުފެނުނު: އެމްޑީޕީ