ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އަމަލީ ގޮތުން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ. ގާތްގަނޑަކަށް އެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ. އިންތިޚާބުގެ ކެމްޕެއިން ނިންމުމުގެ ހަފުލާގެ އިތުރުން، ކެމްޕެއިންގެ ފަހު ހަފުތާގެ ތެރޭގައި އެހެން ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނާއި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ. މާލޭގައި ޑޯ ޓު ޑޯ ކެމްޕެއިން އެ ކެންޑިޑޭޓުން ކުރެއްވި އެވެ. މިހުރިހާ ކަމަކާ އެކު މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވަގައި އަނެއް 12 ގޮނޑި އިދިކޮޅު އެމްޑީޕީން ނެގުމަކީ ސަރުކާރު ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ.
09 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އަމަލީ ގޮތުން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވީ މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ. ގާތްގަނޑަކަށް އެ ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ. އިންތިޚާބުގެ ކެމްޕެއިން ނިންމުމުގެ ހަފުލާގެ އިތުރުން، ކެމްޕެއިންގެ ފަހު ހަފުތާގެ ތެރޭގައި އެހެން ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނާއި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަތެވެ. މާލޭގައި ޑޯ ޓު ޑޯ ކެމްޕެއިން އެ ކެންޑިޑޭޓުން ކުރެއްވި އެވެ. މިހުރިހާ ކަމަކާ އެކު މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވަގައި އަނެއް 12 ގޮނޑި އިދިކޮޅު އެމްޑީޕީން ނެގުމަކީ ސަރުކާރު ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ.
މާލޭ ސިޓީ ކައުންސިލް އެކަންޏެއް ނޫނެވެ. ސަރުކާރުގައި ނަގައި ކިޔާ އެތައް އިސް ބޭފުޅުންނަކާއި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ކޯލިޝަންގައި އެންމެ ވަރުގަދަ ކަމަށް ދައްކާ މެމްބަރުން ނިސްބަތްވާ ދާއިރާގެ ކައުންސިލްތަކުގެ ގޮނޑި ވަނީ ގެއްލިފަ އެވެ. ސަރުކާރު ހިންގުމުގެ ހުރިހާ އާރަކާއި ބާރެއް އޮވެ މެ، އެ "ބާރުގަދަ" ބޭފުޅުންނަށް ނާކާމިޔާބުވުމަކީ، އެ ބޭފުޅުން ކޮންމެ ގޮތަކަށް ދިފާއުކުރައްވަން އުޅުއްވިޔަސް، ބަލިވުމަކަށް ނޫނީ ނުވާނެ އެވެ.
މާލޭ ސިޓީ ކައުންސިލަށް ހޮވުނު ކެންޑިޑޭޓުން
މާލޭ ސިޓީ ކައުންސިލުގެ 13 ގޮނޑީގެ ތެރެއިން ހަތަރެއް ނުވަތަ ތިން ގޮނޑި ފިޔަވައި ހުރިހާ ދާއިރާއެއް ކާމިޔާބު ކުރާނެ ކަމަށް ކެމްޕެއިން ތެރޭގައި ސަރުކާރު ކޯލިޝަނުން ބުނެފައިވެ އެވެ. އެންމެ ފަހުގެ ލޯކަލް އިންތިޚާބުގައި ވެސް މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް ދެ ގޮނޑި ލިބުނެވެ. މި ފަހަރު އެވަރު ވެސް ނުވި އެވެ. ސަރުކާރަށް މާލެ އިން ކާމިޔާބު ކުރެވުނީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ ތާއީދު ފަހު ވަގުތު ޑީއާރުޕީގެ ކެންޑިޑޭޓަށް ދިނުމުންނެވެ. އެވަރުން ވެސް އެމްޑީޕީގެ ކެންޑިޑޭޓާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ކެންޑިޑޭޓާ ދެމެދު ވޯޓުގައި މާ ބޮޑު ފަރަގެއް ނެތެވެ.
އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން
އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގުމަކީ ވެސް ސަރުކާރަށް ލަދަކަށް ނުވާން ޖެހޭ ސަބަބެއް ނެތެވެ. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ގެ ދާއިރާގެ ގޮނޑި އެންމެ ކުޑަމިނުން ކާމިޔާބު ކުރެވެން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކެ އެވެ. ސަބަބަކީ އައިބީ އާއި ޝާޑުގެ ދާއިރާ އަށް އައްޑޫގެ އެހެން އެއްވެސް ދާއިރާއަކަށް ނުކޮށްދޭ ވަރުގެ ބޮޑެތި ކަންކަން ސަރުކާރުން ކޮށްދޭ ވާހަކަ ދެއްކެވުމާއި އެއީ ރައީސް ޔާމީނާއި ފަސްޓް ލޭޑީއާ ވެސް އެންމެ ގާތް ބޭފުޅުންގެ ލިސްޓުގައި ހިމެނޭ ދެ ބޭފުޅުންނަށް ވުމެވެ. އައްޑޫގެ އެހެން ދާއިރާތައް ގެއްލުނަސް ޕީޕީއެމްގެ މަޖިިލިހުގެ މެމްބަރުންގެ ދާއިރާ ގެއްލުމަކީ އައްޑޫގައި ސަރުކާރަށް ތާއީދު ނެތް ކަމުގެ ފުރިހަމަ ދަލީލެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން
ދެން އޮތީ ފުވައްމުލަކު ސިޓީ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާ އެވެ. އެ ދާއިރާގެ ގޮނޑި ސަރުކާރަށް ގެއްލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ބަލި ކަމަށް އެތައް ބަޔަކު ބުނެ އެވެ. އެއީ މަސީހް އަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ކަމަށް ވެފައި، މިހާތަނަށް މި ސަރުކާރުން އެ ބޭފުޅެއްގެ ދިފާއުގައި އެތައް ވަގުތަކާއި އެތައް ގުރުބާނީއެއް ވެފައި ވަނީ އެމަނިކުފާނަށް ކަމަށް ވާތީ އެވެ. ފުވައްމުލަކު ދެކުނު ދާއިރާ އަކީ މަސީހް ބޭނުން ގޮތަކަށް "ކުޅުއްވޭ" ތަނެއް ކަމަށް ކުރިން ހީކުރެވިފައި އޮތަސް މި ފަހަރު އެކަން އެހެނެއް ނުވި އެވެ. މަސީހްގެ ތާއީދެއް ނެތްކަން އެ ދާއިރާ އިން ހާމަކޮށްދީފި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މަސީހްގެ އިތުރުން ފުވައްމުލަކުގެ ދެ މެމްބަރަކު ތިއްބަވާއިރު، އެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ނެގީ އެމްޑީޕީންނެވެ. ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ނިސްބަތްވާ ދާއިރާގެ ސިޓީ ކައުންސިލްގެ ގޮނޑި ވެސް ނެގީ އެމްޑީޕީންނެވެ. ޕީޕީއެމަށް ކާމިޔާބުވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ނިސްބަތްވާ ދާއިރާގެ ގޮނޑި އެކަންޏެވެ.
ތިން ސިޓީ ކައުންސިލްގެ އިތުރުން ގއ. ވިލިނގިއްޔާއި ނ. އަތޮޅާއި ދ. އަތޮޅާއި ފ. އަތޮޅާއި ހއ. ފަދަ މީގެ ކުރިން ޕީޕީއެމްގެ ތާއީދު އިންތިހާ އަށް އޮތް ސަރަހަައްދުތަކުން ވެސް ސަރުކާރަށް ވީ ނާކާމިޔާބެވެ. ހާއްސަކޮށް ވިލިނގިލި ފާހަގަކުރަން ޖެހެ އެވެ.
ތިނަދު އަށް ނިސްބަތްވާ ފަސް ބޭފުޅަކު މި ސަރުކާރުގެ އިސް ބޭފުޅުންގެ ގޮތުގައި އެބަ ތިއްބެވި އެވެ. އެއީ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޒުހޫރާއި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ތިނަދޫގެ ދެ މެމްބަރުން ކަަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދެވެ. މި ފަސް ބޭފުޅުންގެ ބުރަ މަސައްކަތުން ވެސް ތިނަދޫގެ ރަށު ކައުންސިލްގެ އެންމެ ގޮނޑިއެއް ވެސް ސަރުކާރަކަށް ނުލިބުނެވެ. ނުވިތާކަށް ތިނަދޫ އަތޮޅު ކައުންސިލްގެ ގޮނޑިތަކުން ވެސް ވީ ނާކާމިޔާބެވެ.
ތިނަދޫގެ ތަރައްގީ އަށް އެތައް ކަމެއް ކުރާ ކަމަށް އެ ރަށުގެ އިދިކޮޅު މީހުން ވެސް އިއްތިފާގުވެ އެވެ. ކެމްޕެއިންގެ ކުރިން ނައިބު ރައީސް ޖިހާދު ކޮންމެ ހަފުތާ ބަންދެއް ކަހަލަ ގޮތަކަށް ހޭދަކުރެއްވީ އަމިއްލަފުޅު ރަށް ތިނަދޫގަ އެވެ. ކެމްޕެއިން ކުރެއްވި އެވެ.
ވިލިމާލެ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ސިޔާސީ ދާއިރާ އަށް މުޅިން އާ އަންހެން ބޭފުޅެއް ކަމަށްވާ ހަމްނާ ވަހީދު އެވެ. ނިހާން ފަދަ ސިޔާސީ ގޮތުން ވަރުގަދަ އަދި ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅަކު ތަމްސީލް ކުރައްވާ ދާއިރާގެ ސިޓީ ކައުންސިލްގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. ވިލިމާލެ ދާއިރާގައި ނިހާން އަމިއްލަ ގޮތުން އެތައް ކެމްޕެއިނެއް ކުރެއްވި އެވެ. އެކަމަކު ވެސް ހަމަ ނާކާމިޔާބެވެ.
ގއ. ވިލިނގިއްޔަކީ މީގެ ކުރިން ޕީޕީއެމާ ހެދި މަރުދިން ރަށެކެވެ. އެކަމަކު ލޯކަލް އިންތިޚާބުގައި އެ ރަށުގެ ހުރިހާ ގޮނޑިއެއް ނެގީ އެމްޑީޕީ އެވެ.
އެމްޑީޕީ އަށް ވެސް އެ ޕާޓީގެ ބާރު އެންމެ ގަދަކޮށް އޮތް ހިންނަވަރު ދާއިރާ ފުރަތަމަ ފަހަރަށް ގެއްލުނެވެ. މީގެ ކުރިން އެ ދާއިރާގެ ގޮނޑިއެއް ޕީޕީއެމަށް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ދާއިރާ ޕީޕީއެމުން ކާމިޔާބުކުރުމަކީ އިބޫ އަށާއި އެމްޑީޕީ އަށް އޮތް ވެއްޓުމެކެވެ.
އިންތިޚާބުގައި ސަރުކާރަށް ބޮޑު ލަދެއް ކުރިމަތިވިޔަސް ޕީޕީއެމްގެ ވިސްނުން މުޅި ތަފާތެވެ. އެ ޕާޓީގެ އިސް ވެރިންގެ ބަހަކީ ލާމަރުކަޒީ ނިޒާމަށް މީހުންގެ ތާއީދު ނެތުމުން، އެ ފޫހިކަންމަތީގައި ސަރުކާރަށް ވޯޓު ނުދިނީ އެވެ. މާލެ އަށް ބަލާ ނަމަ ސިޓީ ކައުންސިލް ދެކެ އާންމުން ފޫހިވީ އެވެ. އިތުބާރު ނެތީ އެވެ.
"މިސާލަކަށް ނައިބު ރައީސް ތިނަދުއަށް ނިސްބަތްވާތީއެއް ނޫން އެ ރަށުގެ ރައްޔިތުން ވޯޓު ނުދީނީކީ. ދެހާސް ތޭރައި ވެސް، 2014 ގައި ވެސް ތިނަދޫގައި އޮތީ އެމްޑީޕީގެ ފުލް ކައުންސިލެއް. ހަމަ އެގޮތަށް މި ދިޔައީ،" ނިިހާން ވިދާޅުވި އެވެ.
ހޮނިހިރުދުވަހު ބޭއްވި ލޯކަލް އިންތިޚާބާ ގުޅޭ ގޮތުން ނިހާން މިދިޔަ އާދީއްތަދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"މިއަދުގެ ނަތީޖާ އަކީ ވަކި ތިނަދު އަށް ނިސްބަތްވާ ވަޒީރަކު ނުވަތަ ނައިބު ރައީސަކު ހުރެގެން ނުލިބުމުން ލަދުގަންނަން ޖެހޭ ވަރުގެ ނަތީޖާއެއް ނޫން. ލޯކަލް އިންތިޚާބުގައި ވޯޓުލަނީ އާއިލާތަކަށް. އެކަން މި ފެނުނީ."
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ނިސްބަތްވާ ދާއިރާތަކުން ކާމިޔާބު ނުވުމަކީ ސަރުކާރު ފެއިލް ވުމެއް ނޫނެވެ. އަދި ވަކިވަކި ފަރުދުން ފެއިލްވީ ކަމަކަށް ވެސް ނުބެލެވޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"ރިޔާޒް ރަޝީދަކީ ޕީޕީއެމްގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު. އެހެންވީމާ އޭނާގެ ދާއިރާ އަށް އިދިކޮޅު މީހުންގެ ކޮންސެންޓްރޭޝަން ބޮޑުވާނެ. ހަމަ އެގޮތަށް އެހެން ބައެއް ބޭފުޅުންނަށް ވެސް އެ ކޮންސެންޓްރޭޝަން ބޮޑުވާނެ. އެކަން މި ފެނުނީ. ލާމަރުކަޒީ ނިޒާމު ދެކެ ވެފައިވާ ފޫހި ބޮޑުކަމުން އާންމުން ނުނިކުތީމާ ދެން ކީއްތޯ ކުރާނީ؟،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނިހާން ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ލޯކަލް އިންތިޚާބަށް ޕީޕީއެމުން ކުރި ބިޔަ، ބޮޑު ކެމްޕެއިނެވެ. އިދިކޮޅު މީހުންގެ "އަތާއި ފައި ބަނދެ، އަނގަމަތީގައި މަލަން އަޅައިގެން" ކުރި ކެމްޕެއިން އެވެ.
"އެހެންވީމާ ނިހާން އެ ވިދާޅުވާ ވާހަކަ ކިހިނެއްތޯ ގަބޫލުކުރާނީ. އަޅުގަނޑުމެން އިދިކޮޅު މީހުންނަށް އެއްވެސް ހުރަހެއް ނެތި ކެމްޕެއިން ކުރަން މި ސަރުކާރުން ފުރުސަތެއް ނުދީ އޮއްވައި، އިންތިޚާބުގައި ވޯޓުލައި، ސަރުކާރުގެ އިސް ބޭފުޅުން ނިސްބަތްވާ ދާއިރާތައް އިދިކޮޅު މީހުން ނެގުމަކީ ކިހާ ބޮޑު ކާމިޔާބީއެއްތޯ؟" ހަސަން ވިދާޅުވި އެވެ.
"މިއީ ހަމަ ސަރުކާރު ބޮޑު ތަނުން ބަލިވުން. ބޮޑު ފެއިލްއެއް ވުން. ރައްޔިތުން އެ ބުނީ ސަރުކާރުން އެ ބުނާ ތަރައްގީއެއް ބޭނުމެއް ނޫނޭ. އެ ބުނާ ގޮތަށް ބްރިޖެއް ބޭނުމެއް ނޫނޭ. އައިޖީއެމްއެޗްގެ އާ އިމާރާތެއް ބޭނުމެއް ނޫނޭ."
ހޮނިހިރުދުވަހު ބޭއްވި ލޯކަލް އިންތިޚާބާ ގުޅޭ ގޮތުން ހަސަން ލަތީފް މިދިޔަ އާދީއްތަދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވީ ތިނަދު އާއި ފުވައްމުލައް ފަދަ ބޮޑެތި އަދި ސަރުކާރުގެ ވަޒީރުންނާއި ނުފޫޒު ގަދ މެމްބަރުން ނިސްބަތްވާ މެމްބަރުންގެ ނުފޫޒު އޮންނަ ރަށްރަށުގެ އިތުރުން ބ. ފެހެންދޫ ކަހަލަ މީގެ ކުރިން ސަރުކާރު ކޮންޓްރޯލް ކުރި ރަށްރަށުން ވެސް އެމްޑީޕީ އަށް ކާމިޔާބުވުމަކީ ބޮޑު ކަމެއް ކަމަށެވެ. މިއީ އާދައިގެ ކަމެއް ނޫން ކަމަށާއި ސަރުކާރުން ދެއްކި ހުރިހާ ވާހަކަތަކަށް އާންމުން ބީރު ކަންފަތެއް ދިނީ ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ފޮޓޯފުޅަށް ނޫނެކޭ ރައްޔިތުން އެ ބުނީ. ބައެއް ރަށްރަށުން ކުރިމަތިލި ކެންޑިޑޭޓުން އަޅުގަނޑުމެން ގާތު ބުނެފައި އެބަހުރި، ތިމަންނަ އަށް މި ރަށުގައި ތާއީދު އެބަ އޮތޭ. އެކަމަކު ރައީސް ޔާމީންގެ ފޮޓޯއާ އެކު ތިމަންނަގެ ފޮޓޯ ޖެހީމާ އެ ތާއީދެއް ނުލިބޭނެއޭ،" ހަސަން ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ފޮޓޯއާ އެކު ތިމަންނަގެ ފޮޓޯ ހުންނަން ހަގީގަތުގައި ބޭނުމެއް ނޫނޭ. މިއީ ކެމްޕެއިން ތެރޭގައި ޕީޕީއެމްގެ ޒުވާން ކެންޑިޑޭޓުން އަޅުގަނޑުމެން ކައިރީގައި ބުނެފައި ހުރި ވާހަކަތައް."
ނިހާންގެ ވިސްނުމުގައި ލޯކަލް އިންތިޚާބުގެ ނަތީޖާ އިން ދައްކައި ދިނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ފަސޭހަކަމާ އެކު މޮޅުވާނެ ކަމުގެ ފެހި ސިގްނަލެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް މަގު ފަހިކުރުމުގެ ފެހި ސިގްނަލެވެ.
ނަމަވެސް ހަސަން ވިދާޅުވީ ނިހާން ކޮންމެ ގޮތަކަށް ވާހަކަ ދެއްކެވިޔަސް އަދި ދިފާއުގައި ނުކުންނެވިޔަސް ލޯކަލް އިންތިޚާބުގެ ނަތީޖާ އިން ދެއްކި ގޮތް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އިދިކޮޅު މީހުންނަށް ލިބުނު ބޮޑު، ފަލަ ކާމިޔާބީއެއް. މި ކާމިޔާބީ އަޅުގަނޑުމެން ވަރަށް ކުލަގަދަކޮށް ފާހަގަކުރާނަން. ދެން މި ނަތީޖާއެއް ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ:އިދިކޮޅު
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން
މައުމޫންގެ ވާހަކަފުޅަށް ހޫނު ރައްދެއް
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮއެދޭނެ: ނިހާން