ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ، ދިވެހި ގައުމަށް ހެޔޮއެދޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
02 ޖެނުއަރީ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ، ދިވެހި ގައުމަށް ހެޔޮއެދޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓަކުން މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން 2018 ގެ ރިޔާސީ އިންތިހާބަށް ނެރެން އެންމެ ތާއީދު އޮތް ކޮންޑިޑޭޓަކު ކަނޑައަޅަން ރާއްޖެ ޓީވީން ޓްވިޓަ މެދުވެރިކޮށް ނެގި ޕޯލުގައި، ނަޝީދުގެ މައްޗަށް ގާސިމް ކުރި ހޯއްދެވުމުންނެވެ. ދިހަހާހަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ އެ ޕޯލުގައި ގާސިމަށް 43 ޕަސެންޓް ވޯޓު ދިން އިރު ނަޝީދަށް ވޯޓު ދިނީ 25 ޕަސެންޓެވެ.
ނިހާން ވިދާޅުވީ ވެރިކަމަށް އެކަށޭނަ އެކަކު ވެސް "ފާޓު ފުޅާ ކޯލިޝަން"ގައި ނެތް ކަމަށެވެ. އެކަމަކު ނަޝީދަށް ވުރެ ކިތަންމެ ގުނައަކުން ވެސް ގާސިމް ދިވެހި ގައުމަށް ހެޔޮއެދޭނެ ކަމަށް ވިދާޅުވި އެވެ.
RTV ge Poll ah Aanmmu koh libeynee Ginavegen 300+ Votes. 8 USD ah 100 Vote ge Nisbathun BOT Medhuverikoh Konmme bayakah ves thiya Vote Kaamiyaabu kurevidhaane! ? https://t.co/TFa7cnM56n
— Ahmed Nihan (@ahmed_nihan) January 2, 2018
ޕޯލުގައި 10،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ނިހާން ވިދާޅުވި ގޮތުގައި އެ ޕޯލުގައި އެންމެ ގިނައިން ވެސް ވޯޓުލާނީ 300 މީހުންނެވެ. ބޮޓު މެދުވެރިކޮށް އަށް ޑޮލަރު (123ރ.) އަށް 100 ވޯޓު ގަނެވޭ ކަމަށާއި އެހެންކަމުން ކޮންމެ ބަޔަކަށް ވެސް އެފަދަ ވޯޓެއް ކާމިޔާބު ކުރެވިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ: ވެރިކަމަށް އެކަށީގެންވާ އެއްވެސް ބޭފުޅަކު އިދިކޮޅު ޕާޓީތަކުގައި ނެތް ކަމަށް ވިދާޅުވި
"ތިޔަ ޕޯލްގައި 9500 އެއްހާ ބޮޓު އެކައުންޓްތަކުން ވޯޓު ދީފައިވޭ. އެއީ އަށް ޑޮލަރަށް 100 ވޯޓުގެ ރޭޓުން ކުރެވެން ހުރި ކަމެއް. ޔަގީނުން ވެސް އަންނިއަށް ވުރެ ގާސިމް މާ ބޮޑަށް ވެސް ކެރިސްމެޓިކް ވާނެ،" ނިހާން ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ޕޯލަށް ނިހާން ފާޑުވިދާޅުވިއިރު، އެ ޕޯލުގައި ނަޝީދުގެ މައްޗަށް ގާސިމް ކުރި ހޯއްދެވުމުން ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހޫނު ޒުވާބެއް ވަނީ ފަށައިފަ އެވެ. އެ ޒުވާބުގައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ދަނީ ކުރަމުންނެވެ.
އެމްޑީޕީގެ ސަޕޯޓަރުން ދެކޭ ގޮތުގައި ޖުމްހޫރީ ޕާޓީން އެ ޕޯލް ކާމިޔާބުކުރީ ވޯޓަށް ފައިސާ ހޭދަކޮށްގެންނެވެ. ޓުވިޓާގެ ޕޯލުތައް ކާމިޔާބުކުރާނެ ގޮތްތައް އެމްޑީޕީގެ އެކްޓިވިސްޓުން ކިޔައިދެމުން އަންނައިރު ޖޭޕީން ބުނަނީ، އެންމެން ގޮވައިގެން އުޅެވޭނެ ގާބިލްކަން ހުރީ ގާސިމްގެ ކަމަށެވެ. ރާއްޖެ ޓީވީގެ ޕޯލުން ވެސް އެކަން ސާބިތުވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟