08 އޮކްޓޯބަރ 2019
އިސްލާމްދީނަށް ފުރައްސާރަކޮށް ފާޅުގައި ގިނަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ފާޅުގައި ގިނަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ގިނަ އިލްމުވެރިންތަކެއް ބައިވެރިވި ވަޑައިގެންނެވި އިރު، އެ ބޭފުޅުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަކުރުން އިތުރުވެފައިވާ މައްސަލައިގަ އެވެ.
މި ބައްދަލުވުމާ ގުޅޭ ތަފްސީލު ރައީސް އޮފީހުން އާއްމު ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އިލްމުވެރިން އެންމެ ބޮޑަށް ނެންގެވި މައްސަލައަކީ އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން މިހާތަނަށް އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައި ނުވުމެވެ.
އަދި އެ ރިޕޯޓުގައި ހުރި ދީނާ ޚިލާފުކަންކަން ރައީސާ ހިއްސާކުރެއްވި އެވެ. އޭގެ އިތުރުން ވެސް އެ ފަދަ މައްސަލަތަކުގައި އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ދެން އަމަލު ކުރަންވީ ގޮތާ ގުޅޭގޮތުން ދީނީ އިލްމުވެރިންތަކެއް މީގެ ކުރިން ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީއެން އިން 2015 ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދަމަަހައްޓަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން ވެސް އަންނަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް
އެމްޑީއެން އުވާލަން ނިންމުމާއެކު ރައީސަށް ތައުރީފް
ހައްގު މަގުގައި ރައީސް ހުންނަވާނެ، އުއްމީދު އެބައޮތް
ހުޅު ރޯވިޔަ ނުދޭނަން، އެމްޑީއެން އުވާލާ: އިޔާޒު
ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅު އަޅާނެ: ގާސިމް
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
މިނިވަންކަމަށްޓަކައި ހިމާޔަތްކުރަން ޖެހެނީ އިސްލާމްދީން
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ދީނާ ގުޅުން ނެތް ފިކުރުތަކަކީ ބޮޑު ގޮންޖެހުމެއް:ރައީސް
"ލޭހުއްދަކުރަން ގޮވާލާ މީހުންނާ ދެކޮޅަށް ތެދުވާންޖެހޭ"