Roadha Mihaaru
ދީނާ ގުޅުން ނެތް ފިކުރުތަކަކީ ބޮޑު ގޮންޖެހުމެއް:ރައީސް

ދީނާ ގުޅުމެއް ނެތް ފިކުރު ފެތުރުމަކީ އެންމެ ބޮޑު ގޮންޖެހުން: ރައީސް

06 ނޮވެމްބަރ 2021

ދިވެހި އިސްލާމީ މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމްދީނާ އެއްވެސް ގުޅުމެތް ނެތް ފިކުރުތަކަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި ފަތުރަން ބަޔަކުކުރާ މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި އިސްލާމީ މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމްދީނާ އެއްވެސް ގުޅުމެތް ނެތް ފިކުރުތަކަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި ފަތުރަން ބަޔަކުކުރާ މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި މިއަދު ފޮނުއްވި ޚިތާބެއްގައި ވިދާޅުވީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް އެ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު މީހުންގެ ފުރާނަ އާއި މުދަަލަށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގާ ކަމަށެވެ. އިސްލާމީ ސައްްހަ އަގީދާ ދަރިންނަށް ފޯރުކޮށްދޭން އިލްމުވެރިންނާއި މުދައްރިސުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތެވެ،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާ އިރު ވިސްނަންވީ އެންމެ މުހިންމު ކަމަކީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން ހިތްތައް ގުޅުވައިލަ ދިން އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. މީހުންގެ ފުރާނަ އާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ އަމަލީ ގޮތުން ތަންފީޒު ކުރަން ވިސްނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.

ހަސަދަވެރި ނުވުމަށާއި ބަދަލުނުހިފުމަށް ނަބިއްޔާ ތަކުރާރުކޮށް ދެއްވާފައިވާ އިރުޝާދުތައް ސިކުނޑީގައި ހަރުލައްވަން ވެސް ގޮވައިލެއްވި އެވެ.

ކާބަފައިން ބިނާކޮށްދިން ދިވެހި ގައުމިއްޔަތު ބިނާކޮށްފައި ވަނީ ވެސް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ކަމަށާއި ﷲ ދެއްވި މި ނިއުމަތަށް ތާއަބަދު ޝުކުުރުވެރިވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އެ މަތިވެރި ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަން ޔަގީނެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.