Roadha Mihaaru
އުފައްދާނީ އިސްލާމްދީނަށް އިސްކަންދޭ ވެރިކަމެއް:މުއިއްޒު

މުއިއްޒު ވިދާޅުވީ، އުފައްދާނީ އިސްލާމްދީނަށް އެންމެ އިސްކަންދޭ ވެރިކަން ކަމަށް

17 އޮކްޓޯބަރ 2023

އެ މަނިކުފާނުގެ ވެރިކަން ވާނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެ މަނިކުފާނުގެ ވެރިކަން ވާނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާ އަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ.

ދިވެހިންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެ އަށް ނަމޫނާއެއް،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސޯދީ ގޮތުން އަދި އިސްތިރާތީޖީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް އެބަހުއްޓެވެ. އެ އިން ކޮންމެ ގޮންޖެހުމަކާ ވެސް ރާއްޖެ އިސްކޮށްގެން، ދިވެހިންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"17 ނޮވެމްބަރުގައި ގާއިމްވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް. މި ގައުމުގެ އިސްތިގުލާލު ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް،" މުއިއްޒުގެ ނެރުއްވި ބަޔާނުގައި ވެ އެވެ.

"ދިވެހިންގެ ރީތި އުޅުމާއި ގުޅުމާ ގޮތްފޮތް ދަމަހައްޓައި ދިވެހިންގެ ނަމާ އަބުރު ބައިނަލްއަގްވާމީ މަސްރަހުގައި އުފުލައިދޭ ސަރުކާރަކަށް."