03 އޮކްޓޯބަރ 2019
ބަޣުދާދު (އޮކްޓޯބަރު 3) - އިރާގު ސަރުކާރާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށް ފަހު ވެރިރަށް ބަޣުދާދުގައި ކާފިއު އިއުލާންކޮށްފި އެވެ.
ބަޣުދާދު (އޮކްޓޯބަރު 3) - އިރާގު ސަރުކާރާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށް ފަހު ވެރިރަށް ބަޣުދާދުގައި ކާފިއު އިއުލާންކޮށްފި އެވެ.
ކޮރަޕްޝަނާއި ވަޒީފާ ނުލިބުމާއި ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކާ ގުޅިގެން އިތުރު ތިން ސިޓީއެއްގައި ވެސް މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އެއީ ނަސިރިޔާ، އަމަރާ އަދި ހިއްލާ އެވެ. ސަލާމަތީ ފަރާތްތަކާ ދެކޮޅަށް ހިންގި ކުރިމަތިލުންތަކުގައި މިހާތަނަށް ވަނީ ހަތް މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކޮށް އިންޓަނެޓުގެ ޚިދުމަތް ވަނީ ކަނޑާލައިފަ އެވެ.
މިއީ ބޮޑު ވަޒީރު އާދިލް އަބްދުލް މާހިދުގެ ސަރުކާރާ ދެކޮޅަށް އިރާގުގައި ހިންގި އެންމެ ބޮޑު މުޒާހަރާ އެވެ.
މުޒާހަރާތައް ވަރުގަދަވުމުން ސަރުކާރުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދޭނެ ކަމަށް ބުނެފަ އެވެ.
އދ. އިން ވަނީ އިރާގުގެ ރައްޔިތުންގެ އަޑު އުފުލުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.
ބަޣުދާދުގެ އެކި ސަރަހައްދުތަކަށް އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ވަނީ އަސްލު ވަޒަން ބޭނުންކޮށްފަ އެވެ. ބަޣުދާދުގެ ތަހްރީރު މައިދާނަށް ވަންނަން އުޅުނު މީހުން ހުއްޓުވައި، ސަރުކާރުގެ އޮފީސްތަކާއި އެމްބަސީތައް ހުންނަ ގްރީން ޒޯން ވަނީ ބަންދުކޮށްފަ އެވެ.
އިރާގުގެ ގްރީން ޒޯނަށް ރޮކެޓް ހަމަލާތަކެއް
އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓްހަމަލާދީފި
އައިސް ކްރީމް ފިހާރައަށް ޖާނުންފިދާވުމުގެ ހަމަލާދީ 16 މަރު
ބަޣުދާދުގައި ދިން ބޮމުގެ ހަމަލާއެއްގައި 48 މީހުން މަރު
ހޮސްޕިޓަލެއްގައި ރޯވެ 12 ތުއްތު ކުދިން މަރުވެއްޖެ
އިރާގުގައި އައިއެސް ދިން ބޮމުގެ ހަމަލާގައި 125 މަރު
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން
ޑްރަގް ވިޔަފާރީގެ ހަބަކަށް އިރާގު އެބަ ބަދަލުވޭ: އދ
އިރާގުގައި ސިފައިންގެ މަރުކަޒު ގޮވީ ހަމަލާއަކުން ނޫން
އިރާގު ތެރެއިން ސީރިއާއަށް ވަރުގަދަ ހަމަލާއެއް