Roadha Mihaaru
އައިސް ކްރީމް ފިހާރައަށް ޖާނުންފިދާވުމުގެ ހަމަލާދީ 16 މަރު

އައިސް ކްރީމް ފިހާރަ އަށް ޖާނުންފިދާވުމުގެ ހަމަލާދީ 16 މަރު

30 މެއި 2017

ބަޣުދާދު (މެއި 30) - އިރާގުގެ ވެރިރަށް ބަޣުދާދުގެ އައިއެސް ކްރީމް ފިހާރައަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 16 މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (މެއި 30) - އިރާގުގެ ވެރިރަށް ބަޣުދާދުގެ އައިއެސް ކްރީމް ފިހާރައަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދީ 16 މީހުން މަރާލައިފި އެވެ.

ރޯދަ ވީއްލުމަށް ފަހު ގިނަ ބަޔަކު ހިތްހަމަޖައްސާލަން ނުކުމެ ތިއްބާ ޝިއައީންގެ އާބާދީ ބޮޑު ކައްރާޑާ ޑިސްޓްރިކްޓުގައި ދިން މި ހަމަލާގައި ވަނީ 75 މީހުން ޒަޚަމްވެފަ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އައިއެސްގެ އައުމާގު ނިއުސް އެޖެންސީން ބުނީ ހަމަލާ އަމާޒުކޮށްފައި ވަނީ ޝިއައީންގެ ބައްދަލުވުމަކަށް ކަމަށެވެ. އައިއެސް ވަނީ މީގެ ކުރިން ވެސް ޝިއައީންނަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.

އައިއެސްއާ ދެކޮޅަށް އުފައްދާފައިވާ ކޯލީޝަނުގެ އެމެރިކާ މަންދޫބު ބްރެޓް މެކްގުރްކް ވިދާޅުވީ އައިއެސްގެ ޓެރަރިސްޓް ހަމަލާ އަމާޒުކޮށްފައި ވަނީ ރޯދަ ވީއްލުމަށް ފަހު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރަމުން ދިޔަ ކުޑަ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ކަމަށެވެ.

އަލް-ފަގްމާ އައިސް ކްރީމް ފިހާރަ އަށް ދިން ހަމަލާގައި ލޭތަކާ އައިސް ކްރީމްތައް ހުރި މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ބައެއް މީހުން ހަމްދަރުދީ ވަނީ ފާޅު ކުރަން ފަށައިފަ އެވެ.

ބަޣުދާދުގެ ކައްރާޑާ ޑިސްޓްރިކްޓުގައި މިދިޔަ އަހަރު ދިން ހަމަލާއެއްގައި ވަނީ 320 މީހުން މަރުވެފަ އެވެ.