23 ޑިސެމްބަރ 2019
އެއްއިރެއްގައި އިރާގުގެ ތިން ބައިކުޅަ ދެބައި ކޮންޓްރޯލް ކުރުމަށް ފަހު ބަލިވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަލުން އިންތިޒާމްވެ، ވަރުގަދަ ވާން ފަށައިފި އެވެ.
އެއްއިރެއްގައި އިރާގުގެ ތިން ބައިކުޅަ ދެބައި ކޮންޓްރޯލް ކުރުމަށް ފަހު ބަލިވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަލުން އިންތިޒާމްވެ، ވަރުގަދަ ވާން ފަށައިފި އެވެ.
އިރާގުގެ ކުރުދީ ޖާސޫސީ އޮފިޝަލުންނާއި ހުޅަނގުގެ ޖާސޫސީ އޮފިޝަލުން ބީބީސީ އަށް ދިން އިންޓަވިއުތަކެއްގައި ބުނީ އިރާގުގައި އައިއެސް ހަނގުރާމަވެރިން ހަރަކާތްތެރި ވަނީ ރޭވުންތެރިކަމާ އެކުގައި ކަމަށާއި އެ މީހުން ދޭ ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.
ކުރުދީންގެ ވަކި ވެރިކަމެއް އޮންނަ ކުރުދިސްތާންގެ ކައުންޓާ ޓެރަރިޒަމް އޮފިޝަލެއް ކަމަށްވާ ލާހޫރު ތަލަބާނީ ދެކޭ ގޮތުގައި އައިއެސް މިހާރު ވަނީ އަލްގައިދާ އަށް ވުރެ ހުނަރުވެރި އަދި ނުރައްކާތެރިކަން ބޮޑު ބަޔަކަށެވެ.
"އެމީހުންގެ އުކުޅުތައް އަދި ރޭވުންތައް މާމޮޅުވެފައި މާ ހުނަރުވެރި، އެމީހުންގެ އަތުގައި މާގިނަ ފައިސާ ވެސް އެބަހުރި. ވެހިކަލްތަކާ ހަތިޔާރާ ކާބޯތަކެތި އަދި އިކްއިޕްމެންޓް ގަތުމުގެ ގާބިލުކަން އެ މީހުންގެ އެބަހުރި. ޓެކްނޮލޮޖީއާ އެމީހުން މާ ރައްޓެހި އެމީހުން ނައްތާލަން މާ އުނދަގޫވާނެ،" ބީބީސީ އަށް ދިން އިންްޓަވިއުގައި ތަލަބާނީ ބުންޏެވެ.
"އަހަރެމެންނަށް ފެންްނަނީ މިހާރު ހަރަކާތްތައް އިތުރުވާތަން، އަހަރެމެންނަށް ހީވަނީ އާރާސްތުކުރުމުގެ މަރުހަލާ ނިމުނީހެން."
ތަލަބާނީ އަކީ ކުރުދިސްތާނުގައި އޮންނަ ޖާސޫސީ ދެ އެޖެންސީގެ ތެރެއިން ޒަންޔާރީ ނަމަކަށް ކިޔާ އެޖެންސީގެ ވެރިޔާ އެވެ. އޭނާ ބުނި ގޮތުގައި އައިއެސް އިން މިހާރު ތެދުވެފައި ވަނީ މުޅިން ތަފާތު ޖަމާއަތެއްގެ ގޮތުގަ އެވެ. އެގޮތުން ސަރަހައްދުތައް ކޮންޓްރޯލް ކުރަން އުޅުމުގެ ބަދަލުގައި އެ މީހުން އުޅެނީ އިރާގުގެ ހަމްރިން ފަރުބަދަ ތަކުގެ ތެރޭގައި ފިލައިގެން ކަމަށް އޭނާ ބުންޏެވެ.
"އައިސިސް [އައިއެސް]ގެ ހަބަކީ މިހާރު މީ. މިއީ ފަރުބަދައިގެ ދިގު ޗޭނެއް. މި ތަން ކޮންޓްރޯލް ކުރުމަކީ އިރާގު ސިފައިންނަށް އުނދަގޫ ކަމެއް،"
ތަލަބާނީ ބުނާ ގޮތުގައި އިރާގުގެ ވެރިރަށް ބަޣުދާދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އައިއެސް އިތުރަށް ވާނީ ވަރުގަދަ އެވެ. އެގޮތުން އިރާގުގެ ސުންނީ އެކަހެރިކޮށްލާފައިވާ ވުމުގެ ނާޖާއިޒް ފައިދާ އެޖަމާއަތުން ނަގާނެ އެވެ. އިރާގުގެ މައި ސަރުކާރާއި ކުރުދިސްތާންގެ ސަރަހައްދީ ސަރުކާރާ ދެމެދު އޮންނަ ގުޅުން ގޯސް ވުމަކީ ވެސް އައިއެސް އަށް ބޮޑު ފައިދާއެއް ކުރި ކަމެކެވެ.
އިރާގުގެ މައި ސަރުކާރާއި ކުރުދީންގެ ސަރަހައްދީ ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވުމުން އެ ބައިމީހުން ގުޅިގެން ބަލަހައްޓާ ސަރަހައްދެއް މިހާރަކު ނެތެވެ. އެހެންވެ، ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިން ބަލަހައްޓާ ސަރަހައްދާ އިރާގު ސިފައިން ބަލަހައްޓާ ސަރަހައްދާއި ދެމެދު ، އެއްވެސް ބަޔަކު ނުބަލަހައްޓާ ދޫކޮށްލާފައިވާ ބޮޑު ސަރަހައްދެއް އެބަ އޮތެވެ.
ޕެޝްމާގާ ހަނގުރާމަވެރިންގެ މޭޖާ ޖެނެރަލް ސިރުވާން ބަރުޒާނީ ބުނި ގޮތުގައި އެއްވެސް ބަޔަކު ނުބަލަހައްޓާ އޮތް އެ ސަރަހައްދުގައި އައިއެސް އަށް މިހާރު ފުރިހަމަ މިނިވަންކަން އެބަ އޮތެވެ.
"ގްރޭޓް ޒާބްއާ ތިގްރިސް ކޯރު ނިމޭ ހިސާބާ ދެމެދުަގައި އެމީހުން [އައިއެސް ހަނގުރާމަވެރިން] ދާއިމީކޮށް ތިބެޔޭ އަހަރެމެންނަށް ބުނެވިދާނެ،" ބަރްޒާނީ ބުންޏެވެ.
އެމެރިކާއާ ގުޅިގެން އިރާގުގައި އައިއެސްއާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރި ޕެޝްމާގާ ހަނގުރާމަވެރިންގެ ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުގައި ސޫރިޔާ ބޯޑަރު ހުރަސްކޮށް އައި 100 ހަނގުރާމަވެރިންނާ އެކު އިރާގުގައި އައިއެސްގެ އިސް މީހުން ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. އެރިޕޯޓްތައް ބުނާ ގޮތުގައި އިރާގުގައި އައިއެސްގެ 10000 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 4000 ނުވަތަ 5000 ހަނގުރާމަވެރިން އެބަތި ކަމަށާއި އެހެން މީހުންނަކީ ސްލީޕާ ސެލްސްގެ ގޮތުގައި ތިބި ބައެއް ކަމަށް ވެސް އެ ރިޕޯޓްތައް ބުނެ އެވެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ވިލިއަމް ސީލީ ބުނި ގޮތުގައި އެގައުމުގައި އައިއެސް ވަރުގަދަ ވަމުން އައި ނަމަވެސް އިރާގު ސަރުކާރުގެ ސިފައިންނާއި ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިންގެ ފަރާތުން ކުރިމަތިވާނެ ރައްދު މިފަހަރު ތަފާތުވާނެ އެވެ. އޭނާ ދެކޭ ގޮތުގައި އެ ދެބައިމީހުން ވެސް މިހާރު ވަނީ ކުރިއަށް ވުރެ ރަނގަޅަށް ތަމްރީނު ވެފަ އެވެ. އެގޮތުން އައިއެސް އެންމެ ބާރަށް ކުރި އަރައި، އިރާގުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މޫސަލް ހިފި އިރާ މިހާރާ ތަފާތުވާނެ ކަމަށް ވެސް ވިލިއަމް ބުންޏެވެ.
"އައިއެސްއެފް [އިރާގީ ސެކިއުރިޓީ ފޯސަސް] އަދި ޕެޝްމާގާ މިހާރު ތިބީ މޫސަލް ގެއްލުނު އިރު ތިބިހާލަތުގައެއް ނޫން. އަހަރެމެން މި އައީ އެމީހުންނަށް ތަމްރީނު ދެމުން،" އޭނާ ބުންޏެވެ.
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު
ހަނގުރާމައަށް ދިޔަ ކަމަށް ބެލެވުނަސް ރިހެބިލިޓޭޝަނަށް
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
މީހުން މަރަން ފަސްނުޖެހޭ 1400 ދިވެހިން އެބަތިބި!
ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅުނު
ރަޝިޔާ ހަމަލާގެ ވީޑިއޯ އައިއެސް އިން އާންމުކޮށްފި
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ