Roadha Mihaaru
އީސީ އަށް ރައީސް އިސްކަން ދެއްވީ ފުއާދާއި އަމްޖަދު

އީސީ އަށް ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި ފުއާދާއި އަމްޖަދު

03 އޮކްޓޯބަރ 2019

އިލެކްޝަންސް ކޮމިޝަންގެ (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބު އަމްޖަދު މުސްތަފާ ކުރިމަތިލައްވައިފި އެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވާ ދެ ބޭފުޅުންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަންގެ (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބު އަމްޖަދު މުސްތަފާ ކުރިމަތިލައްވައިފި އެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވާ ދެ ބޭފުޅުންނެވެ.

އެ މަގާމަށް ކުރިމަތިލައްވަން ހުޅުވާލީ އަމްޖަދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ނަމެއް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ފުއާދާއި އަމްޖަދު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އިސްކަން ދެއްވި ތަރުތީބު:

1- ފުއާދު ތައުފީގު، މއ. ތަޅަމުދިގެ

2- އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ

3- ހަސަން ނާޒިމް، ހ. ގާޑެނިއާ

4- ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

ހަތަރު ބޭފުޅަކަށް ރައީސް ތާއީދު ކުރެއްވި ނަމަވެސް އެ މަގާމަށް ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.

އިލެކްޝަނަށް ދެން ކުރިމަތިލެއްވި ބޭފުޅުން:

1- އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ

2- މުއާވިޔަތު މުހައްމަދު، މ. ޒޭވަރު

3- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851

4- މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު

5- ނިއުމާތު ޝަފީގް، މ. މާފުށީގެ

6- މުހައްމަދު އިސްމާއިލް، މ. ކެލަން

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ފުއާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.