ހޮލީވުޑްގެ ބޮޑެތި ފިލްމުތައް އިންޑިއާގައި ރިލީޒްކުރާ އިރު، ބޮލީވުޑްގެ މަޝްހޫރު ތަރިން ލައްވައި ހިންދީ ބަހުން އަޑުއަޅުވައިގެން ރިލީޒްކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ދާދި ފަހުން ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" ގެ މައި އެއް ކެރެކްޓާ އަށް ހިންދީ ބަހުން އަޑުއަޅައި ދިނީ ޝާހްރުކް ޚާނެވެ.
03 އޮކްޓޯބަރ 2019
ހޮލީވުޑްގެ ބޮޑެތި ފިލްމުތައް އިންޑިއާގައި ރިލީޒްކުރާ އިރު، ބޮލީވުޑްގެ މަޝްހޫރު ތަރިން ލައްވައި ހިންދީ ބަހުން އަޑުއަޅުވައިގެން ރިލީޒްކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ދާދި ފަހުން ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" ގެ މައި އެއް ކެރެކްޓާ އަށް ހިންދީ ބަހުން އަޑުއަޅައި ދިނީ ޝާހްރުކް ޚާނެވެ.
މިހާރު ޑިޒްނީގެ ފިލްމަކަށް އަޑުއަޅައިދޭން ބަތަލާ އައިޝްވާރިޔާ ރާއީ ވެސް މި ވަނީ އެއްބަސްވެފަ އެވެ. އެއީ މި މަހުގެ 18 ގައި ރިލީޒްކުރާ އެންޖެލީނާ ޖޮލީގެ "މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" އެވެ.
އެ ފިލްމު ހިންދީ އޯޑިއަންސަށް ގެނެސްދޭ އިރު، ޖޮލީގެ ކެރެކްޓާ އަށް އަޑުއަޅައިދޭން އައިޝްވާރިޔާއާ ހަވާލުކުރީ ވަރަށް ގިނަ ގޮތްގޮތުން ބަލައިފައި ކަމަށް ޑިޒްނީ އިންޑިއާ އިން ބުންޏެވެ. އެއް ކަމަކީ ދެ ތަރިންގެ މަޝްހޫރުކަމެވެ.
ޑިޒްނީ އިންޑިއާގެ ސްޓޫޑިއޯ އެންޓަޓައިންމަންޓްގެ ހެޑް ބިކްރަމް ޑުއްގަލް ބުނީ ޖޮލީ ފަދަ ހޮލީވުޑްގެ ވަރުގަދަ ތަރިއެއްގެ ފިލްމަކަށް އިންޑިއާ އިން އަޑުއަޅާ އިރު، އިންޑިއާ އިން ބޭނުންވީ އެހާ ވަރުގަދަ ތަރިއަކު ލައްވައި އެކަން ކުރުވަން ކަމަށެވެ.
"އެހެންވެ އެކަން ކުރުވަން އެންމެ ރަނގަޅު ތަރިއަކީ އައިޝްވާރިޔާ ކަމަށް އަހަރެމެންނަށް ފެނުނީ. ޝަހުސިއްޔަތުގެ ގޮތުން ބަލާ އިރު ވެސް އެ ދެ ތަރިންނަކީ ވަރަށް ވަރުގަދަ ދެ ތަރިން،" އޭނާ ބުންޏެވެ.
"މެލަފިޝަންޓް 2" ގެ ހިންދީ ވާޝަނުން އައިޝްވާރިޔާގެ އަޑާއެކު އިންޑިއާގެ އިތުރު އަޑުތަކެއް ވެސް އިވިގެން ދާނެ އެވެ.
"މެލަފިޝަންޓް 2" އަކީ ޑިޒްނީން 2014 ގައި ގެނެސްދިން ޑާކް ފެންޓަސީ އެޑްވެންޗަ ފިލްމު "މެލަފިޝަންޓް" ގެ ދެވަނަ ބައެވެ. މި ދެ ފިލްމު ވެސް ޑައިރެކްޓްކޮށްފައި ޖޯޗިމް ރޮނިން އެވެ.
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް
ޕްރިތީ އެމެރިކާގެ ސިޓްކޮމްއަކަށް
"އަލާއްދިން" އަށް ތާރާ އޮޑިޝަން ހެދި
ބްރެޑް ޕިޓްގެ "ޓްރޯއި" އައިޝްވާރިޔާ އަށް ހުށަހެޅި
ވިލް ސްމިތު އަދިވެސް އައިޝްވާރިޔާގެ ހުވަފެނުގައި
ޑިޒްނީ އިންޑިއާގެ ފޯކަސް ހޮލީވުޑް ފިލްމުތަކަށް
އަރަދުޔާގެ މައްސަލަ ހައި ކޯޓަށް
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
ޑެޕްގެ ބަދަލުގައި ޖެކް ސްޕެރޯގެ ރޯލަށް ހެންރީ؟
އޮސްކާގެ އުއްމީދު "ލާޕަތާ ލޭޑީސް"އަށް ނާކާމިޔާބުވެއްޖެ