22 ސެޕްޓެމްބަރ 2016
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ދަ ބައުސް ސްޕޯޓްސް ކްލަބުން ގަދަފަދަ ރެޑް ލައިން ކްލަބުގެ މައްޗަށް ކުރި ހޯދައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ދަ ބައުސް ސްޕޯޓްސް ކްލަބުން ގަދަފަދަ ރެޑް ލައިން ކްލަބުގެ މައްޗަށް ކުރި ހޯދައިފި އެވެ.
ބައުސް އިން މި މެޗު ކާމިޔާބުކުރީ އެއް ޕޮއިންޓުގެ ތަފާތުން 69-70 ޕޮއިންޓުންނެވެ. ރެޑް ލައިން ވަނީ ފުރަތަމަ މެޗުން ޓީރެކްސް އަތުން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބައުސްގެ މާކޯ ސަމިނޮވިޗެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް 29 ޕޮއިންޓާ އެކު ސަމިނޮވިޗެވެ. ރެޑް ލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މުހައްމަދު ޒިލާލެވެ. އޭނާ 20 ޕޮއިންޓް އެއްކުރި އެވެ.
މުބާރާތުގެ ތިން ވަނަ މެޗުގައި ރޭ އެލްޓީ ސްޕޯޓްސް ކްލަބް އަތުން 66-69 ޕޮއިންޓުން ކުޑަހެންވޭރު ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެލްޓީގެ ރޯހަން ޕެތާނީ އެވެ. އެލްޓީ އަށް އެންމެ ޕޮއިންޓް ނަގައިދިނީ، 21 ޕޮއިންޓާ އެކު މުހައްމަދު ފިރުނާޝެވެ. ކުޑަހެންވޭރުގެ ހޫދު އަބްދުލްހަސީބް ވެސް 21 ޕޮއިންޓް ހޯދި އެވެ.
ލީގުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމޭނީ މި މަހުގެ 27 ގަ އެވެ. ދެ ވަނަ ބުރު އޮންނާނީ 29 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ފަށާ ގައުމީ ބާސްކެޓްބޯޅަ މުބާރާތަށް ހޮވޭނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. ތިން ސެމީ ފައިނަލުގެ އުސޫލުން ކުޅުމަށް ފަހު ކުޅޭ ގައުމީ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެރެ އެވެ.
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ކުއީންސް އަށް
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި
ޓީރެކްސް އާއި ރެޑްވިންގްސް ފެށުން ރަނގަޅުކޮށްފި
ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ގައުމީ ލީގުގެ ފުރަތަމަ މެޗު ރެޑް ލައިން ކްލަބަށް
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހާފްކޯޓް ވޯލްޑް ފައިނަލްސްއަށް އަންރޭންކްޑް ނިއުޔޯކުގައި