28 ސެޕްޓެމްބަރ 2019
އެމްޓީސީސީ އަށް މި އަހަރު ތެރޭގައި 55 މަޝްރޫއެއް ލިބިފައިވާ އިރު ޖުލައި މަހުން ފެށިގެން އެ ކުންފުންޏަށް ފައިދާ ވަމުން އަންނަ ކަމަށް ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީ އަށް މި އަހަރު ތެރޭގައި 55 މަޝްރޫއެއް ލިބިފައިވާ އިރު ޖުލައި މަހުން ފެށިގެން އެ ކުންފުންޏަށް ފައިދާ ވަމުން އަންނަ ކަމަށް ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ އެ ކުންފުނިން މި އަހަރުގެ ތެރޭގައި 17 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެ ކުންފުންޏާ ހަވާލު ކުރި މަސައްކަތްތަކުގެ އަދަދު މަދުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކަން ހިއްސާ ކުރެއްވުމުން އިތުރު ޕްރޮޖެކްޓް އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފަހުން އެ ކުންފުންޏާ 38 މަޝްރޫއެއް ހަވާލުކުރި ކަން ޝާހް ފާހަގަކުރެއްވި އެވެ.
"އެމްޓީސީސީގެ މާލީ ހާލަތު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އޮތީ ވަރަށް ދަށްކޮށް. އަދި މިއަހަރުގެ ޖޫން އާ ހަމައަށް މި ކުންފުންޏަށް އައި ގެއްލުން ވަމުން. އެހެންނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކީގައި އެމްޓީސީސީއަށް ޖުލައި މަހުން ފެށިގެން އަންނަނީ ފައިދާ ވަމުން،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮޖެކްޓުތައް ނުހިންގާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް ސޮއި ކުރުމާ އެކު އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ. ބައެއް ޕްރޮޖެކްޓްތަކަކީ ޑިޒައިނިން ޕްރޮޖެކްޓްތައް ކަމާއި ބައެއް ޕްރޮޖެކްޓްތަކުގައި މިހާރު ކުރަމުން އަންނަނީ އީއައިއޭގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީއާ 38 ޕްރޮޖެކްޓް ހަވާލުކޮށްފައިވާއިރު އޭގެތެރޭގައި ފަސް ހޮސްޕިޓަލެއްގެ ޑިޒައިން ކުރުމާއި ކުޅިވަރު ދަނޑު އެޅުމުގެ މަސައްކަތްތައް ހިމެނެ އެވެ.
ޝާހު ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ތަފްސީލް ކޮންމެ ހަފްތާއަކު ރައީސް އޮފީހަށް ފޮނުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އެމްޓީސީސީއަށް ހުރި ޕްރޮޖެކްޓްތަކުގެ އަގު ބިލިޔަނަކަށް
ތިލަފުށީ ބިން ހިއްކަން ހަފުތާއެއްގެ ތެރޭގައި ފަށަނީ
އެމްޓީސީސީގެ "މަހާ ޖައްރާފް" ކަނޑަށް ބާލައިފި
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ފަށައިފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"