27 ސެޕްޓެމްބަރ 2019
އެމްޑަބްލިއުއެސްސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި އިތުރު ފެން ޕްލާންޓެއް ބަހައްޓައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ބެހެއްޓި މި ފެން ޕްލާންޓުން ދުވާލަކު 3،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ކުރިން ބެހެއްޓި ފެން ޕްލާންޓާ އެކު ދުވާލަކަށް 7،500 ޓަނުގެ ފެން އުފެއްދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ އޮޕްރޭޝަން ސެންޓަރުގެ މަސައްކަތް ފުޅާ ކުރުމަށް އިތުރު މަސައްކަތްތައް ވެސް އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުގެ ޕްލާންޓުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މި އަހަރުގެ ފަހުކޮޅު 3،000 ޓަނުގެ ފެން ޕްލާންޓަކާއި 10،000 ޓަނުގެ ފެން ރައްކާކުރާނެ ތާނގީއެއް ހުޅުމާލޭގައި ބަހައްޓާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ ހުޅުމާލޭގައި އަލަށް ބެހެއްޓި ފެން ޕްލާންޓުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގާބިލްކަން ލިިބިފައިވާ ކަމަށެވެ.
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި
ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ޕަމްޕެއްގެ މައްސަލަޖެހި ބައެއް ފްލެޓްތަކަށް ފެން ނުލިބޭ
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ޓަވަރުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް
ޑްރައިވިން ޓްރެކް އަޅަން ބޭނުންވާ ތަކެތި ހަދިޔާކޮށްފި
ރަސްދޫ ފެން ޕްލާންޓް ފެށުން ލަސްވަނީ ހުއްދަ ނުލިބޭތީ