Roadha Mihaaru
ހުޅުމާލެއިން މާދަމާ ރޭ ހަތަރު ގަޑިއިރަށް ފެން ކަނޑަނީ

ހުޅުމާލެއިން މާދަމާ ރޭ ހަތަރު ގަޑިއިރަށް ފެން ކަނޑާލަނީ

10 ފެބުރުއަރީ 2021

ހުޅުމާލޭގެ މެއިން ވޯޓާ ޑިޝްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑް ކުރަން މާދަމާ ރޭ ހަތަރު ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ މެއިން ވޯޓާ ޑިޝްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑް ކުރަން މާދަމާ ރޭ ހަތަރު ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާދަމާ ރޭ ދަންވަރު 11:00 އިން މެންދަމު 3:00 އަށް ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ހުރިހާ ސަރަހައްދަކުން ކުންފުނިން ދެމުންދާ ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ ފެނުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކޮށްފައިވާ އިރު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފެނުގެ ހިދުމަތް ދިނުމުގެ މަސައްކަތް އެ ކުންފުނިން ނިންމާލީ ޖެނުއަރީގަ އެވެ.