23 އޮކްޓޯބަރ 2016
ހުޅުމާލޭ ދެވަނަ ފިޔަވެއްސަށް ފެން ފޯރުކޮށްދޭން 3،000 މެޓްރިކް ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ފޯރުކޮށްދިނުމަށް ހިޓާޗީ އަކުއާ ޓެކް ކުންފުންޏާ އެކު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވެއްސަށް ފެން ފޯރުކޮށްދޭން 3،000 މެޓްރިކް ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ފޯރުކޮށްދިނުމަށް ހިޓާޗީ އަކުއާ ޓެކް ކުންފުންޏާ އެކު މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ފެން ބިންޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި އެއްބަސްވުމުުގެ ދަށުން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އާރްއޯ ޕްލާންޓް ބަހައްޓައި ނިމޭނެ ކަމަށެވެ.
"އެއްބަސްވުމުގައި ހައެއްކަ މަހުގެ މުއްދަތު ދީފައިވީ ނަމަވެސް، ޕްރޮޖެކްޓް ކުރިއަށް ގެންދާ އިރު ރާއްޖެ އަށް ގެނެވޭ އިކުއިޕްމަންޓުތައް ގެނެސް، ރޭވުމުގެ މަސައްކަތް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަށް 1.5 މިލިއަން ޑޮލަރު ހަރަދުވެ އެވެ.
މި ފެން އުފައްދާ ޕްލާންޓުގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އިންޖީނުގޭގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޑަބްލިއުއެސްސީ އިން 25 ޕްރޮޖެކްޓް ކުރިއަށް އެބަ ގެންދޭ. އަދި މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދަން،" ފަޒުލް ވިދާޅުވި އެވެ.
ހިޓާޗީ އަކުއާ ޓެކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޓޭންގް ވިދާޅުވި ގޮތުގައި ހިޓާޗީއަކީ ތަފާތު ގިނަ އުފެއްފުންތަކެއް އުފައްދައި އެކި ދާއިރާތަކުން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި އެ ކުންފުނިން ފެނުގެ އާ ޓެކްނޮޮލޮޖީއެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޓެކްނޮލޮޖީގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީއާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ އިން ވަނީ މީގެ ކުރިން ވެސް ހިޓާޗީ އަކުއާ ޓެކް ކުންފުންޏާ އެކު ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފަ އެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި
ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ޓަވަރުގައި ފެން މީޓަރާ ގުޅޭ އެތައް މައްސަލައެއް
ފްލެޓް އެއްބަސްވުމަށް އަދިވެސް އެންމެން މައުލޫމާތު ނުދޭ