28 އޯގަސްޓް 2021
ހިޔާ ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހިޔާ ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ އަދި އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ނުދޭ 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހިޔާ ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހިޔާ ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ އަދި އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ނުދޭ 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހިޔާ ފްލެޓް ޓަވަރުތަކުގެ ފެނުގެ މަސައްކަތްތަކެއް ކުރުމަށް، މިއަދުގެ އެކި ވަގުތުތަކުގައި އެތަނުން ފެނުގެ ހިދުމަތް މެދުކަނޑާލާނެކަން އެންގުމަށް އިއްޔެ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އެއްބަސްވުން ހެދުމަށް ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނާއި އަދި އެއްވެސް ގޮތަކަށް މައުލޫމާތު ފޯމު ހުށަނާޅާ 107 މީހަކު އަދިވެސް އެބަތިބި ކަމަށެވެ.
މައުލޫމާތު ފޯމު ހުށަނާޅާ މީހުންގެ ލިސްޓު ވެސް މި އިއުލާނާ އެކު އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.
ޓަވަރުތަކުގެ ފެނުގެ މަސައްކަތެއް މިއަދު ކުރިއަށް ދާތީ، ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮކުރުން ވެސް މިއަދު ނޯންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ މިއަދު އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފައި ވަނީ ފްލެޓް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް، ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ މީހުން ކަމަށެވެ.
އަދިވެސް މައުލޫމާތު ފޯމު ހުށަނާޅާ ގިނަ ބަޔަކު ތިބިއިރު، އޭގެ ތެރޭގައި ޕޯޓަލްގައި އެކައުންޓް ރަޖިސްޓަރީ ކުރުމަށް ފަހު މައުލޫމާތު ފޯމު ހުށަނާޅާ މީހުން ވެސް ހިމެނެ އެވެ.
ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މިހާރު ކުރިއަށް ދަނީ، އެކި ސަބަބުތަކާ ހުރެ، ކުރިން އެ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ތިބި މީހުންނާ އެކު އެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ކުލި ނުހިނގާ ގޮތަށް ދޭ ހަތަރު މަސް އަންނަ މަހުން ފެށިގެން ގުނަން ފަށާނެ އެވެ. އެ ހިސާބަށް ދާއިރު އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަވެސް މަގުބޫލު ސަބަބެއް ނެތި އެއްބަސްވުމުގައި ސޮއި ނުކޮށް އޮތް ނަމަ ފިނިޝިން މަސައްކަތަށް ކުއްޔާ ނުލައި އިތުރު މުއްދަތެއް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެޗްޑީސީން އަމާޒު ހިފާފައި އޮތީ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރަތަމަ ބުރު މި މަހުގެ 18 އަށް ނިންމާލައި ދެ ވަނަ ބުރެއް ފެށުމަށް ފަހު މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލާށެވެ.
ހިޔާ ފުލެޓުގެ ދަޅުދަނޑި ހަވާލުކުރުމަށް ފުލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެޗްޑީސީން ބުނީ ތަފާތު ސަބަބުތަކާ ހެދި ފޯމު ހުށަނޭޅި ތިބި މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން މާދަމާ ހެނދުނު 8:00 އިން މެންދުރު 1:00 އަށް، ހުޅުމާލެ ހުރަވީ ސްކޫލްގެ ހޯލުގައި ފޯމު ފުރުމުގައި އެހީތެރިވެދިނުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަޖައްސާފައިވާ ކަމަށެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ތަފާތު ސަބަބުތަކާ ހުރެ، އެކި ފަހަރު މަތިން މި އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައިވެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުން ލަސްކުރި ނަމަވެސް، ފިނިޝަން އަށް ދީފައިވާ މުއްދަތު އިތުރުނުކޮށްދޭނެ ކަމަށް އެޗްޑީސީން ވަނީ ކުރިން ބުނެފަ އެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފެށުމުގެ ކުރިން އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަސޭހަ އަދި ލުއި ގޮތެއްގައި ކުރިއަށް ގެންދިއުމަށް "ހިޔާ 7000" ގެ ނަމުގައި ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން އެދިފަ އެވެ.
ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި ވާތީ ފްލެޓް ތަޅުދަނޑި ލިބުނު ބައެއް މީހުން މިހާރު ވަނީ އެތަނުގެ ފިނިޝިން މަސައްކަތް ވެސް ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެ ފްލެޓް ނިންމުމަށް ކުލި ނުނަގާ ގޮތަށް ދީފައިވާ މުއްދަތަކީ ޑިސެމްބަރުގެ ނިޔަލެވެ.
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ޖޫރިމަނާއަކާ ނުލައި މަސް ނިމެންދެން ފްލެޓް ކުލި ދެއްކޭ
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ސީލައިފް މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާއަށް ނެގި ލޯނުތަކުގެ އިންޓަރެސްްޓަަށް 888 މިލިއަން
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
ހިޔާގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރާ!
ވިނަރެސްގެ ފްލެޓްތައް ތިން މަސް ލަސްވެއްޖެ